ބިގްބޮސްގެ 14 ވަނަ ސީޒަން ކާމިޔާބުކުރި ރުބީނާ ދިލައިކް.
ބިގްބޮސްގެ 14 ވަނަ ސީޒަން ކާމިޔާބުކުރި ރުބީނާ ދިލައިކް.
މިދިޔަ އަހަރު އޮކްޓޯބަރުމަހު ފެށި ބިގްބޮސްގެ 14 ވަނަ ސީޒަން ރުބީނާ ދިލައިކް ކާމިޔާބުކޮށްފިއެވެ.


ބިގްބޮސްއަކީ ވަކި މުއްދަތެއްވަންދެން ގެއެއްގައި އެއްވެސް މުއާސަލާތީ ގުޅުމެއް ނެތި ބަންދުވެގެން ތިބެ އެކި ހަރަކާތްތައް މެދުވެރިކޮށް ވާދަވެރި ކުރިމަތިލުންތަކަކުން އެކަކު އަނެކަކަށް ވުރެ ގިނަ ދުވަހު ބިގްބޮސްގެ ގޭގައި ހުރުމަށް ކުރެވޭ މަސައްކަތް ދައްކުވައިދޭ ޓީވީ ޝޯވ އެކެވެ. އަދި މިޝޯވްގައި ބައިވެރިވާ ފަރާތްތަކަށް އާންމުންގެ ވޯޓާއެކު ޝޯވގައި ގިނަދުވަހު ތިބެވޭނެއެވެ.

23 ފަންނާނުން ބައިވެރިވި ބިގްބޮސްގެ 14 ވަނަ ސީޒަންގައި 145 އެޕިސޯޑް ހިމެނެއެވެ. މިސީޒަން ރުބީނާ ދިލައިކް ކާމިޔާބުކޮށްފައިވާއިރު ދެވަނައަށް ހޮވުނީ ރާހުލް ވާދިޔާއެވެ.

ރުބީނާ އަކީ 2008 ވަނަ އަހަރުން ފެށިގެން އިންޑިޔާގެ ޓީވީ ސީރިއަލްތަކުން ފެންނަމުންދާ މަގްބޫލު ތަރިއެކެވެ. ރުބީނާ އެންމެ ފުރަތަމަ ފެނިގެން ދިޔައީ ޒީޓީވީގެ ޓީވީ ސީރިއަލް ޗޯޓީ ބަހޫ އިންނެވެ. ރުބީނާ ވަނީ ބިގްބޮސްގެ 11 ވަނަ ސީޒަން އަދި 13 ވަނަ ސީޒަނުގައި ގެސްޓެއްގެގޮތުގައި ފެނިގެންގޮއްސައެވެ.

ކިޔުންތެރިންގެ ހިޔާލު