ގްރޭޓާ މާލެ ސަރަހައްދުގައި ޓެކްސީގެ ހިދުމަތްދޭ ކޮންމެ ޓެކްސީ ސެންޓަރެއްގައި މަދުވެގެން 50 ޓެކްސީ އާއި 50 ޑްރައިވަރުން ތިބެން ޖެހޭ ގޮތަށް ޓެކްސީ ގަވާއިދަށް އިސްލާހުތަކެއް ގެނެސްފިއެވެ.
މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން އާންމުކޮށްފައިވާ މި އިސްލާހުގެ ދަށުން، މާލެ ސަރަހައްދުގައި އަލަށް ޓެކްސީ ސެންޓަރެއް ރަޖިސްޓަރީ ކުރެވޭނީ މަދުވެގެން 50 އުޅަނދާއި 50 ޑްރައިވަރުން އެ ސެންޓަރެއްގައި ތިބެގެންނެވެ. މިނިސްޓްރީން ބުނީ މިއީ ޓެކްސީގެ ހިދުމަތް އިތުރަށް ހަރުދަނާކޮށް، އާންމުންނަށް ދެވޭ ހިދުމަތުގެ ފެންވަރު މަތިކުރުމަށް ގެނައި ބަދަލެއް ކަމަށެވެ.
އަލަށް ގެނައި އިސްލާހުގައި ޓެކްސީ ސެންޓަރުތަކުގައި ހުންނަންޖެހޭ މިންގަނޑުތައް ވެސް ވަނީ ކަނޑައަޅާފައެވެ. އެގޮތުން މީހުން ދިރިއުޅޭ ތަންތަނާ ވަކިން ވަދެނުކުމެވޭ އޮފީހެއް ހުރުމާއި، 24 ގަޑިއިރު ހިދުމަތްދޭ ތަނަކަށްވާތީ، އޮޕަރޭޓަރުންގެ ޑިއުޓީ ރޯސްޓަރު ފެންނަން ހުރުމާއި، ޑްރައިވަރުންނާއި އާންމުންނަށް މަޑުކޮށްލައިގެން ތިބެވޭނެ ސަރަހައްދެއް އޮފީހުގައި ހުރުމާއި، ފޯނު އޮޕަރޭޓަރުންނަށް ހާއްސަ ވޯކް ސްޓޭޝަންތަކާއި މުވާސަލާތީ ނިޒާމެއް ގާއިމުކޮށްފައިވުން ހިމެނެއެވެ.
މި ޝަރުތުތަކުގެ ތެރެއިން ޝަރުތެއް އުނިވެއްޖެ ނަމަ، އެކަން އިސްލާހު ކުރުމަށް ސެންޓަރުތަކަށް 60 ދުވަހުގެ މުއްދަތެއް ލިބޭނެއެވެ. އެ މުއްދަތުގައި އިސްލާހު ނުކޮށްފި ނަމަ އެ ސެންޓަރެއްގެ ލައިސަންސް ބާތިލުވާނެ ކަމަށް ގަވާއިދުގައި ބުނެފައިވެއެވެ.
މީގެ އިތުރުން، ޓެކްސީ ސެންޓަރުތަކުން ފޯނު ނަންބަރުގެ އިތުރުން ވެބްސައިޓް، އޮންލައިން ޕޯޓަލް ނުވަތަ މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ދަތުރުތައް ހަމަޖައްސަން ބޭނުންވާ ނަމަ، މިނިސްޓްރީގެ ހާއްސަ ހުއްދައެއް ހޯދަން މިހާރު މަޖުބޫރުވާނެއެވެ. ހުއްދަ ނެތި މިފަދަ ވަސީލަތްތައް ބޭނުންކުރުމަކީ މަނާކަމެކެވެ.
ޑްރައިވަރުންނަށް ގެނައި ބަދަލުތަކަށް ބަލާއިރު، ކާރު ޓެކްސީ ޑްރައިވަރުންނަށް އެއްފަހަރާ މަސައްކަތް ކުރެވޭނީ ގިނަވެގެން 2 ޓެކްސީ ސެންޓަރުގައެވެ. އަދި ކާރު ޓެކްސީ ޑްރައިވަރު ލައިސަންސް ދޫކުރާނީ 250 ރުފިޔާގެ ފީއެއް ދެއްކުމުންނެވެ. ސެންޓަރެއްގެ ލައިސަންސް ބާތިލުވާ ހާލަތެއްގައި، އެ ސެންޓަރެއްގައި ތިބި ޑްރައިވަރުން އެހެން ސެންޓަރަކަށް ބަދަލުވާން ހުށަހެޅުމުން 10 ދުވަހުގެ ތެރޭގައި ލައިސަންސް އައުކޮށްދޭންޖެހޭނެ ކަމަށްވެސް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.
މި އިސްލާހުގެ ދަށުން ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ވެސް އާންމު ދަތުރުފަތުރުގެ ހިދުމަތް ދިނުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. ނަމަވެސް އެފަދަ ކުންފުނިތަކުން ހިދުމަތް ދޭންވާނީ މިނިސްޓްރީން ފާސްކުރާ ހާއްސަ ޕްލޭނެއްގެ ދަށުންނެވެ. މި ޕްލޭންގައި އުޅަނދުގައި ހުންނަ ސަލާމަތީ ވަސީލަތްތަކާއި (ކެމެރާ ފަދަ) ޑްރައިވަރުންގެ ތަމްރީނާއި އަގުތަކުގެ ތަފްސީލު ހިމަނަން ޖެހެއެވެ.
ޓެކްސީ ގަވާއިދަށް މިފަދަ ބަދަލުތަކެއް ގެނެސްފައިވާއިރު، ސަރުކާރުން މިހާރު ދަނީ ޓެކްސީގެ ޚިދުމަތް ފެށުމަށް ތައްޔާރުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު