ކ.ގުޅި ބިން ހިއްކުމުގެ މަސައްކަތް މިއަހަރު ތެރޭގައި ފެށޭނެކަމަށް އުއްމީދުކުރައްވާކަމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
ކ.ގުރައިދޫގައި ބޭއްވި ކެމްޕެއިން ހަރަކާތެއްގައި ވާހަކަދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ މާލެ ކައިރީގައި ހުރި ރަށްތަކަކީ ކުރީ ސަރުކާރުތަކުން މާބޮޑު ސަމާލުކަމެއް ދީފައިވާ ރަށްތަކެއް ނޫންކަމަށެވެ. އަދި އެކަމުގެ ތަކްލީފް އެރަށްތަކުގެ ރައްޔިތުންނަށް ވަރަށް ބޮޑަށް އުފުލަންޖެހުނުކަންވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކުރީ ސަރުކާރުން މާލެ އަތޮޅުގެ ރަށްތަކަށް އަޅާނުލައި އޮތްނަމަވެސް މި ސަރުކާރުން އެއްވެސް ރަށެއް ތަފާތުކުރުމެއް ނެތި ހުރިހާ ރަށަކަށް ތަރައްގީ ފޯރުކޮށްދެއްވަމުން ގެންދަވާކަމަށެވެ. އެގޮތުން ކާށިދޫ ދާއިރާގައި ހިމެނޭ ކާށިދޫ، ގުރައިދޫ އަދި ގުޅިއަށްވެސް މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކޮށްދެއްވަމުން ގެންދަވާކަން ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ މި ސަރުކާރުން ގުރައިދޫ އަދި މާފުށީގެ ބިން ހިއްކާ ބޮޑުކޮށް، އެ ދެރަށުގެ ރައްޔިތުންނަށް ޕިކުނިކް ދެވޭނެ ރަށްވެސް ތަރައްގީކޮށްފައިވާކަމަށެވެ. އަދި ގުޅި ހިއްކުމުގެ މަސައްކަތްވެސް ވަރަށް އަވަހަށް ފެށޭނެކަން ރައީސް ފާހަގަކުރެއްވިއެވެ.
"މާފުއްޓާއި، ގުރައިދޫގެ ބިން ތިޔަބޭފުޅުން އެދުނު ގޮތަށް ބޮޑުކޮށް އަދި ޕިކްނިކް އައިލެންޑަކާއި އެކު މިވަނީ ހިއްކާ ބޮޑު ކުރެވިފައި. ކުރިއަށް އޮތީ ގުޅި.. ގުޅި ހިއްކުމުގެ މަސައްކަތް އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި ގުޅީގެ ރައްޔިތުންނަށް އަމަލީގޮތުން ފެނިގެންދާނެ" ރައީސް ޞާލިހު ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި ވަނީ ތަރައްގީގެ މަސައްކަތްތަކާއެކު މާލެ އަތޮޅުގެ ރަށްތަކުގައި ލޯކަލް ޓޫރިޒަމް އިތުރަށް ތަރައްގީކުރުމަށް މަސައްކަތްކުރަމުންދާކަމަށް ވިދާޅުވެފައެވެ.
ރައީސް ސާލިހު މާލެ އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވާ މިދަތުރުފުޅަކީ ކުރިއަށް އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިންއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި އެމަނިކުފާނު ގުރައިދޫގެ އިތުރުން ކާށިދޫއަށްވެސް ވަޑައިގަންނަވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު