ޔޫރޯ 2020 އަންނަ އަހަރު ބޭއްވުމަށް ހަމަޖެއްސި ނަމަވެސް މުބާރާތުގެ ނަމަށް ބަދަލެއް ނުގެންނާނެކަމަށް ޔޫއެފާއިން ހާމަކޮށްފިއެވެ.

ޔޫއެފާގެ އެގްޒެކެޓިވް ކޮމިޓީގެ ވީޑިއޯ ކޮންފަރެންސް ބައްދަލުވުމެއްގައި ޔޫއެފާއިން މިގޮތަށް ނިންމާފައިވާއިރު، ޔޫރޯއަށް 60 އަހަރު ފުރޭ މިމުބާރާތް ވަރަށް ކުލަގަދަކޮށް ކުރިއަށް ގެންދަން ޔޫއެފާއިން ގެންދިޔައީ ރާވަމުންނެވެ.

"މުބާރާތް އަންނަ އަހަރަށް ފަސްކޮށްފައިވާއިރު، މިއަހަރު މުބާރާތް ކުރިއަށް ގެންދިއުމަށްޓަކައި ބޮޑެތި ތައްޔާރީތަކެއް ވަނީ ވެވިފައި. އެހެންކަމުން މުބާރާތުގެ ނަމަށް ބަދަލެއް ގެނެސްފިނަމަ އެހުރިހާ ތަކެތިވެސް ބޭކާރު ވެގެންދާނެ." ޔޫއެފާއިން ބުންޏެވެ.

ޔޫރޯއަކީ ޔޫރަޕްގެ ޤައުމުތަކުގެ މެދުގައި ކުޅެވޭ އެންމެ ފޯރިގަދަ މުބާރާތެވެ. މިމުބާރާތުގެ އެންމެފަހުގެ ޗެމްޕިއަންއަކީ ޕޯޗުގަލްއެވެ.

ޔޫރޯ 2020 ކުޅެން ހަމަޖެހިފައި އޮތީ މިއަހަރުގެ ޖޫން 12 އިން ޖުލައި 12 އަށެވެ. އެހެންނަމަވެސް ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް-19 އާއި ގުޅިގެން މިމުބާރާތްވަނީ 2021 ވަނަ އަހަރުގެ ޖޫން 11 އިން ޖުލައި 11 އަށް ކުޅޭގޮތަށް ފަސްކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން