ދާޚިލީ ވަޒީރު އިމްރާން ޢަބްދުﷲ (ކ) އާއި އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު
ދާޚިލީ ވަޒީރު އިމްރާން ޢަބްދުﷲ (ކ) އާއި އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު
ޢަދާލަތު ޕާޓީގެ ރިޔާސީ އިންތިޚާބުގައި މި ސަރުކާރުގެ ކެބިނެޓްގެ ދެ މިނިސްޓަރެއްގެ ކުރިމަތިލުން ފެނިގެން ދާނެކަން ކަށަވަރު ވެއްޖެއެވެ.

ޢަދާލަތު ޕާޓީން ޢާއްމުކޮށްފައިވާ އިޢުލާނެއްގައިވަނީ މިމަހުގެ 30 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެޕާޓީގެ ރިޔާސީ އިންތިޚާބުގައި ވާދަކުރަށްވާނީ މި ސަރުކާރުގެ ދާޚިލީ ވަޒީރު އިމްރާން ޢަބްދުﷲ އާއި، މި ސަރުކާރުގެ އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ޢަލީ ކަމަށެވެ. ޑރ. އަޙްމަދު ޒާހިރުގެ ރަނިން މޭޓެއްގެ ގޮތުގައި އަޙްމަދު ނަޝީދު ވާދަ ކުރަށްވާއިރު، ޢިމްރާންގެ ރަނިންމޭޓެއްގެ ގޮތުގައި ވާދަ ކުރަށްވަނީ އަޙްމަދު ޝަރީފެވެ.



މިއަހަރުގެ ޖަނަވަރީ 27 ގެ ނިޔަލަށް އެ ޕާޓީގައި ރަޖިސްޓަރީވާ ހުރިހާ މެމްބަރުންނަށް ވޯޓުލުމުގެ ޙައްޤު ލިބޭ މި އިންތިޚާބުގައި ވޯޓިންގ ލިސްޓަށް ޝަކުވާ ހުށައެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.

18 އޯގަސްޓް 2005 ގައި ރަޖިސްޓްރީ ކޮށްފައިވާ، ޢަދާލަތުޕާޓީގެ ފުރަތަމަ ރައީސް އަކީ ޝެއިޚް ޙުސައިން ރަޝީދު އަޙްމަދެވެ. އަދި މިހާރު ރައީސްގެ މަޤާމުގައި ހުންނެވި ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ އެ މަޤާމުގައި ހުންނަވާތާ މިހާރު ވަނީ 12 އަހަރުވެފައެވެ. އެ ޕާޓީގައި މިވަގުތު 6436 މެމްބަރުން އެބަތިބިކަމަށް އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުން ދައްކަޢެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން