ކޯސްޓްގާޑް ހުރަވީ (ފޮޓޯ: އެމްއެންޑީއެފް)
ކޯސްޓްގާޑް ހުރަވީ (ފޮޓޯ: އެމްއެންޑީއެފް)
ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ޤަވާއިދާ ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ ބޯޓެއް ހިފަހައްޓައިފިކަމަށް ކޯސްޓްގާޑުން ބުނެފިއެވެ.

އެމްއެންޑީއެފުން ބުނެފައިވަނީ ނޮވެންބަރު 30 ވަނަ ދުވަހު ކ.މާފުށީގެ އިރުން 140 ނޯޓިކަލް މޭލުން، ދިވެހިރާއްޖޭގެ ހާއްސަ އިޤުތިސާދީ ސަރަޙައްދުގައި ގަވައިދާ ހިލާފަށް މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ މަސްބޯޓެއް ފެނިގެން އެ ސަރަހައްދުގައި މަސްވެރިކަން ކުރަމުން ދިޔަ ދޯންޏަކުން އިއްޔެ އެމްއެންޑީއެފް ކޯސްޓްގާޑަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

މި ރިޕޯޓް ލިބުމާއި ގުޅިގެން އެމްއެންޑީއެފް ކޯސްޓްގާޑު ޑޯނިއާ ފްލައިޓް ވައިގެ މަގުން މަސްބޯޓު އޮތް ސަރަހައްއްދު ދެނެގަތުމަށްފަހު، ކޯސްޓްގާޑު ޝިޕް ހުރަވީ ގެ މިސްރާބު ބޭރުގެ މަސްބޯޓު އޮތް ސަރަޙައްދަށް ބަދަލުކޮށް، އެ ބޯޓު ކޯސްޓުގާޑް ޝިޕް ހުރަވީ ގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް މައުލޫމާތު ދީފައިވެ އެވެ. އެމްއެންޑީއެފުން ބުނެފައިވަނީ އެ ބޯޓުގައި 6 ފަޅުވެރިން ތިއްބި ކަމަށެވެ.

ކޯސްޓްގާޑް ހުރަވީގެ ބެލުމުގެ ދަށުން މި މަސްބޯޓު މާލެ އަށް މިހާރު ދަތުރު ކުރަމުންއަންނަ ކަމަށާއި، މި ބޯޓަށް މާލެ އަށް ވަދެވޭނެކަމަށް ލަފާކުރެވެނީ މިއަދު މެންދުރުފަހުގެ ވަގުތެއްގައިކަމަށް ވެސް އެމްއެންޑީއެފުން މައުލޫމާތުދީފައިވެ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން