ސިފައިންނާއި ފުލުހުންނަށް ދައުލަތުން މިހާރު ބޯހިޔާވަހިކަން ފޯރުކޮށްދެމުންދާ ބަނޑޭރިކޮށި 1 އަދި 2 ހުސްކޮށް ގިނަ އެޕާޓްމަންޓްތަކެއް ތަރައްގީކުރަން ނިންމައިފިއެވެ.
ގައުމީ ދިފާއީ ބާރު، އެމްއެންޑީއެފްއިން މިއަދު ބުނީ މި މަޝްރޫއު ކުރިއަށް ގެންދަން ނިންމާފައިވަނީ އެ ތަނުގައި ދިރިއުޅޭ ފަރާތްތަކަށް ދަތިނުވާނެ ގޮތަށް ފިޔަވަހިތަކަކަށް ބަހާލައިގެން ކަމަށެވެ.
އެގޮތުން ފުރަތަމަ ތަރައްގީކުރުމަށް ކަނޑައެޅިފައިވާ ބަނޑޭރިކޮށި 1 ތަރައްގީކުރުމަށް ޓަކައި ވާންޖެހޭ ތައްޔާރީތައް އެމްއެންޑީއެފްއާއި ޑިފެންސް މިނިސްޓްރީ ގުޅިގެން ވަމުންދާކަމަށް ބުންޏެވެ. މިގޮތުން ބަނޑޭރިކޮށި 1 އިން ސިފައިންނަށާއި ފުލުހުންނަށް ވަގުތީގޮތުން ދިރިއުޅުމަށް ޓަކައި ދޫކުރެވިފައިވާ އެޕާޓްމެންޓްތައް ހުސްކުރުމުގެ ކުރިން އެ ފަރާތްތަކަށް މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ރޭވިފައިވާގޮތުގެ މައުލޫމާތު ހިއްސާކޮށް، މި ތަނުގައި ދިރިއުޅޭ ފަރާތްތަކުގެ ކަންބޮޑުވުންތަކަށް އަޑުއަހައި، ހައްލުތައް ހޯދައިދިނުމަށް ޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާކަމަށް ބުންޏެވެ.
"މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ރޭވިފައިވަނީ ބަނޑޭރިކޮށި 1 ތަރައްގީކުރެވުމާ އެކު، މިހާރު ބަނޑޭރިކޮށި 1 ގައި ދިރިއުޅެމުން ދާ ފަރާތްތައް، އަލަށް ތަރައްގީކުރެވޭ އެޕާޓްމަންޓްތަކަށް ބަދަލުކުރާ ގޮތަށެވެ. މި މަޝްރޫއު ނިމޭއިރު މިހާރު ބަނޑޭރިކޮށީގައި ދިރިއުޅެމުންދާ ފަރާތްތަކުގެ އިތުރުން ހިދުމަތުގައި ތިބި ގިނަ އަދަދެއްގެ ސިފައިންނާއި ފުލުހުންނަށް ބޯހިޔާވަހިކަން ލިބޭނެ މަގު ފަހިވެގެންދާނެ" ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު