ރ. ވާދޫ އެފްސީއާ ފައިސާ ހަވާލުކުރުން
ރ. ވާދޫ އެފްސީއާ ފައިސާ ހަވާލުކުރުން
ރ. ވާދޫ ފުޓްސަލް ކްލަބަށް ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ހަދިޔާއެއް ދެއްވައިފިއެވެ.

މި ހަދިޔާއަކީ މިއަހަރުގެ އެޗްއެސްސީ ފުޓްސަލް މުބާރާތުގައި އެ ޓީމުން ވާދަކުރާތީ ދެއްވި އެހީތެރި ކަމެކެވެ.

ވާދޫ އެފްސީއަށް ބިގޭ ދީފައިވަނީ 5500 ރުފިޔާގެ ފައިސާގެ އިނާމެކެވެ. މި ފައިސާ އެ ޓީމާ ހަވާލުކޮށްދެއްވީ ފެނަކަ ރ. ވާދޫ ބްރާންޗްގެ މެނޭޖަރ މުހައްމަދު ނިޔާޒްއެވެ.

ވާދޫ އެފްސީގެ ފަރާތުން ފައިސާއާ ހަވާލުވީ ޢަލީ ނާޒިމްއެވެ.

މިކަމާ ގުޅިގެން ވާދޫ އެފްސީގެ ފޭސްބުކް ޕޭޖްގައިކޮށްފައިވާ ޕޯސްޓެއްގައި އެމްޕީ ބިގޭއަށް ޝުކުރުއަދާކޮށްފައިވެއެވެ.

ވާދޫ އެފްސީއަކީ އަތޮޅުގައި ފާހަގަކޮށްލެވޭ އަދި ކުރިއަރަމުން އަންނަ ފުޓްސަލް ޓީމެކެވެ.

ރ. ވަދޫގައި ޒަމާނީ ފުޓްސަލް ދަނދެއް ގާއިމުކުރެވިފައިވުމުގެ ނަތީޖާއަކީ މިފަދަ ޓީމުތައް އެ ރަށުގައި އުފެދިގެންދިއުމެވެ.


ކިޔުންތެރިންގެ ހިޔާލު


32

ރައްޓޭ ވާދޫ

01-Dec-2020

ހީހީ ހަލާކު. ދާއިރާގެ އެމްޕީ ބޮޑީ ބޮޑު ހަދިޔާއެއް ތިޔަ ދެއްވީ. ލަދުން ބޯހަލާކު


2

ލޮލް

01-Dec-2020

މެންބަރުކަމުގަ ވީ ކިޔާދުވަހެއްތޯ ބަލާލަބަލަ! ލައްކައިން ދައުލަތުގެ މުސާރަ ނަގަމުންދާމީހަކު އަލަށް 5500ރ ދީފަ ބޮޑުކޮށްފަ އިޝްތިހާރުވާއިރު ލަދުގަންނަންޖެހޭ!


19

ޠައުސިން

30-Nov-2020

5500 ? ބޮޑު?


12

ޠައުސިން

30-Nov-2020

5500 ? ބޮޑު?



ޓްރެންޑިން