އާސްކް ސްޕޯކާގެ ފުރަތަމަ ޕްރޮގުރާމް - ފޮޓޯ: މަޖިލިސް
އާސްކް ސްޕޯކާގެ ފުރަތަމަ ޕްރޮގުރާމް - ފޮޓޯ: މަޖިލިސް
ރައްޔިތުން ކުރާ ސުވާލުތަކަށް މަޖިލިސް ރައީސް ޖަވާބުދެއްވާ "އާސްކް ސްޕީކާ" ސިލްސިލާގެ، ދެވަނަަ ޕްރޮގްރާމް ޑިސެންބަރު މަހުގެ ހަތްވަނަ ދުވަހު ބާއްވަން މަޖިލީހުން ނިންމައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިއަދު ބުނީ "އާސްކް ސްޕީކާ"ގެ ދެވަނަ ޕްރޮގްރާމް ޑިސެންބަރު ހަތްވަނަ ދުވަހުގެ ރޭ 9:00 ޖަހާއިރު ދިވެހިރާއްޖޭގެ ހުރިހާ ޓީޗީ އަދި ރޭޑިއޯ ޗެނަލްތަކުން ދުރަށް ފޮނުވާނެ ކަމަށެވެ. މި ޕްރޮގްރާމްގައި ރައްޔިތުންގެ ސުވާލުތަކަށް މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވަގުތުން ޖަވާބު ދެއްވާނެ އެވެ.

މަޖިލީހުގެ އިދާރާއިން ބުނީ އެމަނިކުފާނާ ކުރައްވަން ބޭނުންފުޅުވާ ސުވާލުތަކަށް މިހަރު ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. ފޯނުން، ވީޑިއޯ މެދުވެރިކޮށް އަދި މެސެޖުން ވެސް ސުވާލު ކުރެވޭނެ އެވެ. ޕްރޮގްރާމްގައި ވަގުތުން ސުވާލު ކުރަން ބޭނުންނަމަ އެ ފުރުސަތު ވެސް އެބަ އޮތެވެ. ސުވާލުތައް އަންނަ މަހުގެ ހަތްވަނަ ދުވަހުގެ މެންދުރު ދޭއެއްގެ ކުރިން ފޮނުވުމަށް މަޖިލީހުގެ އިދާރާއިން ވަނީ އެދިފަ އެވެ.

މި ސިލްސިލާގެ ފުރަތަަމަ ޕްރަގްރާމް 2019 ވަނަ އަހަރުގެ ފަހުކޮޅު ގެނެސްދީފައިވާއިރު، އާންމުންގެ ބޮޑު ސަމާލުކަމެއް ލިބިގެންދިޔަކަން ފާހަގަކުރަމެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން