ޑރ.އިބްރާހިމް އުމަރު މަނިކު
ޑރ.އިބްރާހިމް އުމަރު މަނިކު
ރާއްޖޭގެ އެންމެ ފުރަތަމަ ހޭނައްތާ ޑޮކްޓަރު، ޑރ.އިބްރާހިމް އުމަރު މަނިކު އަވަހާރަވެއްޖެއެވެ.

ޑރ.އިބްރާހިމް އުމަރު މަނިކު އަވަހާރަވީ ހިތްޕުޅުގެ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ރޭ ފަތިހުގެ ވަގުތެއްގައި ސިންގަޕޫރުގައެވެ.

ރާއްޖޭގެ އެންމެ ފުރަތަމަ ހޭނައްތާ ޑޮކްޓަރަށް ވުމުގެ އިތުރުން ޑރ. އިބްރާހިމް ޢުމަރު މަނިކަކީ ރާއްޖޭގައި ފަތުރުވެރިކަމުގެ ވިޔަފާރި ކުރާ އެންމެ ބޮޑު އެއްކުންފުނި ކަމަށްވާ ޔުނިވާސަލްގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.

ޑރ.އިބްރާހިމް އުމަރު މަނިކު ވަނީ ގިނަ ދުވަސްތަކެއް ވަންދެން ސެންޓްރަލް ހޮސްޕިޓަލުގައި މަސައްކަތް ކުރައްވާފައެވެ.

ޑރ.އިބްރާހިމް އުމަރު މަނިކު އަވަހާރަވިއިރު އުމުރުފުޅަކީ 68 އަހަރެވެ. ޑރ. އިބްރާހިމް އުމަރު މަނިކު އަވަހާރަވިއިރު ދުނިޔޭގައި އަނބިކަނބަލަކާއި ދެ ބޭފުޅުން އެބަތިއްބެވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން