މަޖިލީހުގައި ގުރުއާންގެ އާޔަތްތައް ކިޔެވުމާއި ދެކޮޅަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅަށް ސަލްފްގެ އިސްބޭފުޅެއްކަމަށްވާ އަލީ ރަމީޒު ބިން ގާސިމް ރައްދު ދެއްވައިފިއެވެ.

އިއްޔެ އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރަކު ޤުރުއާންގެ އާޔަތް ވިދާޅުވާން ފެއްޓެވުމުން އެކަން ނުކުރެއްވުމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ންޝީދު އެންގެވި މައްސަލައިގައި ގިނަ ބައެއްގެ ފާޑު ކިއުން އެމަނިކުފާނަށް ވަނީ އަމާޒުވެފައެވެ.

ޒުވާން އުމުރުގައި ލަވަކިޔުމާ މިއުޒިކުގެ ތެރޭގައި އުޅެމުން އައިސް މީގެ އަހަރު ތަކެއް ކުރިން އެކަން ހުއްޓާލުމަށް ފަހު އިސްލާމްދީން އުނގެނުމާއި ދީނީ ކަންކަމަށް މީހުން ހޭލުންތެރި ކުރުވުމާއި ދީނީ ޕްރޮގްރާމްތައް ރޭޑިއޯއާއި ޓީވީން ހުށައަޅައި ދެއްވައި ދީނީ ޖަމިއްޔާއެއްގައި އިސްދައުރެއް އަދާކުރަށްވަމުން ގެންދަވާ އަލީ ރަމީޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގުރުއާންގެ އަޑު އިވުނީމަ ޝައިތާނާއަށް އުނދަގޫވާނެ ކަމަށެވެ.



ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅު ބައެއް ބޭފުޅުން ކުއްވެރިކުރަމުންދާއިރު ބައެއް ބޭފުޅުން ގެންދަވަނީ ރައީސް ނަޝީދުގެ ދިފާއުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެގޮތުން މަޖިލީހުގެ ކުރީގެ ނާއިބު ރައީސް ރީކޯ މޫސަ މަނިކު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ‏މަޖްލީހުގައި ބަހުސް ކުރާއިރު ކީރިތިޤުރުއާންގެ އާޔަތެއް ނުވަތަ ޤުރުއާނުގެ މާނަ ނުބައިކޮށް މެމްބަރަކަށް ކިއިދާނެތީ ބަހުޘްގެ ތެރޭގައި އެފަދަކުށެއް އިސްލާހު ނުކުރެވިއްޖެ ނަމަ ކީރިތިޤުރުއާނަށް ޢިޙްތިރާމްކުޑަ ކުރެވުނީކަމަށް ފެންނާތީ ރިޔާސަތުން އަބަދުވެސް އެފުރުސަތެއްނުދޭކަމަށެވެ.

މަޖިލީހުގެ ބަހުސްގައި އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމު ޤުރުއާންގެ އާޔަތް ވިދާޅުވާން ފެއްޓެވުމުން އޭނާ ހުއްޓުވުމަށް ފަހު ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނަކީ ޤުރުއާން ހިތުދަސް ބޭފުޅެއް ނޫން ކަމަށާއި ސައްހަ ނޫން ގޮތަކަށް އާޔަތެއް ވިދާޅުވިޔަސް ރަނގަޅު ކުރަން ނޭނގެނެތީ ގުރުއާންގެ އާޔަތް ކިޔަވާތީ ބިރުގަންނަ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު