ަމަސްތުވާތަކެއްޗާއެކު އިއްޔެ ހައްޔަރުކުރި ތިން ފިލްމީ ތަރިންނާއި ޝާހިލް- ފޮޓޯ/ ފުލުހުން
ަމަސްތުވާތަކެއްޗާއެކު އިއްޔެ ހައްޔަރުކުރި ތިން ފިލްމީ ތަރިންނާއި ޝާހިލް- ފޮޓޯ/ ފުލުހުން
ވިލިމާލޭގައި ދިވެހި ފުލުހުންގެ ހިދުމަތުން އިއްޔެ ހިންގި ހާއްސަ އެންޓި-ނާކޮޓިކްސް އޮޕަރޭޝަނެއްގައި، ދިވެހި ތިން ފިލްމީ ތަރިން ހައްޔަރުކުރި ތަނުން ފެނުނު މަސްތުވާތަކެތި ޓްރެފިކިންގެ މިންގަނޑަށް ފެތޭ ކަމަށް ފުލުހުން ބުނެފިއެވެ.

ހައްޔަރުގައި ތިބި އަހުމަދު އަޒްމީލް، އިސްމާއިލް ޖުމައިހު އަދި މުހައްމަދު ވިޝާލް (ރޯމަން)ެގެ ބަންދު އަމުރުގައި ބުނެފައިވާ ގޮތުން ފުލުހުން ބާރުގެ ބޭނުންކޮށްގެން އެ ތިން މީހުން ތިބި ކޮޓަރިއަށް ވަންްއިރު އެ ތަނުގައި ހުރި މޭޒެއްގައި މަސްތުވާތަކެތި ހުރީ ހާމައަށެވެ.

އެ މަސްތުވާތަކެތި ޓްރެފިކިންގްގެ މިންގަނޑަށް ފެތޭކަމަށް ފުލުހުން ކޯޓުގައި ބުނި ނަމަވެސް އޭގެ ބަރުދަނެއް ހާމައެއް ނުކުރެއެވެ. އަދި އެއީ ކޮން ބާވަތެއްގެ މަސްތުވާތަކެއްޗެއް ކަމެއްވެސް ނުބުނެއެވެ.

އެ މައްސަލައިގައި ޝާހިލް މުހައްމަދު ނަމަކަށް ކިޔާ ދިވެހި ފިރިހެނަކުވެސް ފިލްމީ ތަރިން ތިބި ކޮޓަރިން ހައްޔަރުކުރިއެވެ.

އެ މައްސަލައިގައި އެ ހަތަރު މީހުންވެސް 15 ދުވަހަށް ބަންދުކުރަން ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު