ސުޕްރީމް ކޯޓުގެ ކުރީގެ ދެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރަލްދާ ޒާހިރުއާއި މަހާޒް އަލީ ޒާހިރު މަގާމުން ވަކިކުރީ ބޭއިންސާފުންކަން ސާބިތުވެއްޖެކަމަށް އެމްޑީޕީގެ ރިޔާސީ ޓިކެޓްއަށް ވާދަކުރައްވާ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
މަގާމުގެ ނުފޫޒު ފޯރުވި ކަމުގެ ތުހުމަތު ޑރ. އަޒްމިރަލްދާގެ މައްޗަށް ކުރެވުނީ، އޭނާގެ ފިރިކަލުން މަސާޖު ޕާލާއަކުން ހައްޔަރުކުރި މައްސަލައަކާ ގުޅިގެންނެވެ. އެ މައްސަލައަށް ނުފޫޒު ފޯރުވި ކަމަށް ބުނެ، ޑރ. އަޒްމިރަލްދާގެ އިތުރުން ފަނޑިޔާރު މަހާޒު އަލީ ޒާހިރު ވެސް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުން ވަކިކޮށް، ޖިނާއީ ތަހުގީގެއް ފެށިއެވެ. ނަމަވެސް ހެކި ނެތް ކަމަށް ބުނެ ދެ ބޭފުޅުންގެ މައްސަލަ މިހާރު ވަނީ ފައިލްކޮށްފައެވެ.
ދެ ބޭފުޅުންގެ މައްސަލަ ފައިލްކުރި މައްސަލައަށް އިޝާރާތްކުރައްވައި ޝާހިދު އެކްސްގައި މިރޭ ވިދާޅުވީ އެއްވެސް އަސާސެއްނެތް ތުހުމަތު ތަކުގައި ދޭދޭ ފަރުދުންނަށާއި ޢާއިލާ ތަކަށް އަނިޔާދިނުން ހުއްޓާލަންޖެހޭ ކަމަށެވެ.
އަދި އަޒްމިރަލްދާއާއި މަހާޒް މަގާމުން ވަކިކޮށްފައިވަނީ ބޭއިންސާފުކަން މިއަދު މިއޮތީ ސާބިތުވެފައި ކަމަށާއި އަދި ގާނޫނުގެ ކުރިމަތީގައި ކޮންމެ ފަރުދަކަށްވެސް ޑިއު ޕްރޮސެސްއާއި ރޫލް އޮފް ލޯ ހިނގަންޖެހޭ ކަމަށް ޝާހިދު ވިދާޅުވިއެވެ.
"ތުހުމަތަކީ ކުށެއް ނޫން! ހަމަ ކޮންމެ މީހަކަށް އަނެކާއަށް ތުހުމަތެއް ކުރެވިދާނެ. ނަމަވެސް ތުހުމަތު ރައްދުވާ މީހާގެ ވަޒީފާ އާއި އަބުރު ގެއްލުވާލައި، ޢާއިލާތައް ބަދުނާމުކޮށް ދެވޭ ގެއްލުމަކީ ބަދަލުނުދެވޭނެ، ފޫނުބެއްދޭނެ ކަމެއް" ޝާހިދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު