"ނޭޝަނަލް އެނިމަލް ހެލްތު އެމަޖެންސީ ޕްލޭން" އެކުލަވާލުމުގެ މަސައްކަތް ފަށައިފިއެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ އެ ޕްލޭން އެކުލަވާލުމުގެ މަސައްކަތް ފެށީ "ޖަނަވާރުންގެ ސިއްހަތާ ގުޅުންހުރި ކުއްލި ނުރައްކަލުގެ ހާލަތްތަކަށް ތައްޔާރުވުމާއި، އިޖާބަދިނުމުގެ ގާބިލުކަން އިތުރުކުރުން"ގެ މައުޟޫއަށް ބޭއްވި މަސައްކަތު ބައްދަލުވުމުގެ ތެރެއިން ކަމަށެވެ.
އދ. ގެ ފުޑް އެންޑް އެގްރިކަލްޗަރ އޯގަނައިޒޭޝަން (އެފްއޭއޯ)އާއި ޕެންޑެމިކް ފަންޑުގެ އެހީތެރިކަމާއެކު ދެ ދުވަހުގެ މުއްދަތަށް ކުރިޔަށްގެންދިޔަ މި ބައްދަލުވުމުގައި ޖަނަވާރުންގެ ސިއްހީ ނުރައްކާތަކަށް ރާއްޖެއިން ތައްޔާރުވެފައިވާ މިންވަރު ހަރުދަނާކުރުމަށް މަޝްވަރާކޮށް "ނޭޝަނަލް އެނިމަލް ހެލްތު އެމަޖެންސީ ޕްލޭން" އެކުލަވާލުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
މި މަސައްކަތު ބައްދަލުވުމުގެ މައިގަނޑު މަގްސަދަކީ ކުއްލި ހާލަތްތައް މެނޭޖްކުރުމުގެ އިލްމު މުއްސަނދިކުރުމާއި، ގައުމީ ފެންވަރުގައި މިފަދަ ކަންކަމަށް ތައްޔާރުވުމުގައި ހުރި ގޮންޖެހުންތައް ދެނެގަތުމެވެ.
އެ ބައްދަލުވުމުގައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި ބައިވެރިވާ ޖަމިއްޔާތަކުން ޖުމްލަ 24 ފަރާތަކުން ބައިވެރިވިއެވެ.

ކިޔުންތެރިންގެ ހިޔާލު