އައުޓްޑޯ ޖިމްގެ ތަކެތި ރަށްރަށަށް ގެންގޮސް އިންސްޓޯލް ކުރުމަށް އެއްބަސްވުމުގައި ސޮއި ކުރުން
އައުޓްޑޯ ޖިމްގެ ތަކެތި ރަށްރަށަށް ގެންގޮސް އިންސްޓޯލް ކުރުމަށް އެއްބަސްވުމުގައި ސޮއި ކުރުން
ރާއްޖޭގެ 61 ރަށުގައި ގާއިމްކުރާ އައުޓްޑޯ ޖިމްތަކުގެ ތެރެއިން 29 ރަށެއްގެ އައުޓްޑޯ ޖިމްގެ ތަކެތި ރަށްރަށަށް ގެންގޮސް އިންސްޓޯލް ކުރުމަށް ކްރިނޮޒޯ ގްރޫޕް ޕްރައިވެޓް ލިމިޓެޑާއެކު ސޮއިކޮށްފި އެވެ.

މިއަދު މިނިސްޓްރީގައި ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ޔޫތް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ އެވެ. އަދި ކްރިނޮޒޯ ގްރޫޕް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިނާޔަތު ތައުފީގް އެވެ.

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ 61 ރަށެއްގައި އަޓްޑޯ ޖިމްތައް ގާއިމް ކުރުމަށް ޙަވާލުކޮށްފައިވަނީ، 4.4 މިލިއަން ރުފިޔާ އަށެވެ.

އެގޮތުން ރާއްޖޭގެ 61 ރަށުގައި ގާއިމްކުރާ އައުޓްޑޯ ޖިމްތަކުގެ ތެރެއިން 32 ރަށެއްގެ އައުޓްޑޯ ޖިމްގެ ތަކެތި ރަށްރަށަށް ގެންގޮސް އިންސްޓޯލް ކުރުމަށް ސިނާން ގްރޫޕް ޕްރައިވެޓް ލިމިޓެޑާއެކު ވެސް ވަނީ މިމަހުގެ ނުވަވަަނަ ދުވަހު އެއްބަސްވުމެއްގައި ސޮއި ކޮށްފައެވެ.

މިއަދު އަލަށް 29 ރަށެއްގައި އެ މަސައްކަތް ފެށުމަށް އެ އެއްބަސްވުމުގައި ސޮއި ކުރެވުމާއިއެކު އެ 61 ރަށުގައި މިހާރު މިވަނީ މަސައްކަތް ފެށުމަށް ތައްޔާރުވެފައެވެ.

މިއަދު ވެވުނު އެއްބަސްވުމުގެ ދަށުން އައުޓްޑޯ ޖިމް ގާއިމްކުރެވިގެން ދަނީ އއ އަތޮޅުން ފެށިގެން އައްޑުއަތޮޅާ ދެމެދުގެ 29 ރަށެއްގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން