ލިވަޕޫލްގެ ޑިއޮގޯ ޖޯޓާ
ލިވަޕޫލްގެ ޑިއޮގޯ ޖޯޓާ
އިނގިރޭސި ޕްރިމިއަރ ލީގުގައި ލެސްޓަރ ސިޓީއާ ދެކޮޅަށް ލިވަޕޫލް ކުޅުނު މެޗު ކާމިޔާބުކޮށް އެޓީމުން 20 ޕޮއިންޓާއެކު ޓޭބަލްގެ ދެވަނަ އަށް ޖެހިލައިފިއެވެ.

ލިވަޕޫލްގެ އަމިއްލަ ދަނޑުގައި ލެސްޓަރ ސިޓީއާ ދެކޮޅަށް ކުޅުނު މެޗް އެ ޓީމުން ކާމިޔާބުކުރީ 0-3 އިންނެވެ. އަނިޔާގެ ސަބަބުން މުހިއްމު ގިނަ ކުޅުންތެރިންތަކެއް ނުލާ ލިވަޕޫލުން ކުޅުނު މި މެޗުގައި ލިވަރޕޫލުން ޖެހި ފުރަތަމަ ލަނޑަކީ މެޗުގެ 21 ވަނަ މިނެޓްގައ ލިވަޕޫލުން ނެގި ކޯނަރެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި ލެސްޓަރ ސިޓީގެ ޑިފެންޑަރު ޖޮނީ އިވާންސް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

ދެވަނަ ލަނޑު މެޗުގެ ފުރަތަމަ ހާފު ނިމެމުންދަނިކޮށް އެންޑެރޭ ރޮބަޓްސަންގެ ހުރަހަކުން ލިވަޕޫލަށް ކާމިޔާބުކޮށްދިނީ މި ސީޒަނުގައި ވުލްވްސް އިން އެ ޓީމަށް ބަދަލުވެ މޮޅު ކުޅުމެއް ދައްކަމުން އަންނަ ޑިއޮގޯ ޖޯޓާ އެވެ. މެޗުގައި ލިވަޕޫލުން ޖެހި ފަހު ލަނޑު 86 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ތަރި ރޮބާޓޯ ފިރްމީނޯ އެވެ.

މި ނަތީޖާއާ އެކު އެއްވަނައިގައި އޮތް ޓޮޓެންހަމްއާ އެއްވަރަށް ލިވަޕޫލަށް ޕޮއިންޓް ލިބިފައިވާއިރު، އެޓީމް ދެވަނައިގައި އޮތީ ގޯލްގެ ތަފާތުންނެވެ. އަދި 18 ޕޮއިންޓާއެކު ލެސްޓަރ އޮތީ 4 ވަނައިގައެވެ.

ރޭގެ އެހެން މެޗްތަކަށް ބަލާއިރު އާސެނަލް އާއި، ލީޑްސްގެ މެޗް ނިމުނީ އެއްވެސްޓީމަކަށް ގޯލެއް ކާމިޔާބު ނުކުރެވިއެވެ. ޝެފީލްޑް ޔުނައިޓެޑް އަތުން ވެސްޓްހޭމް 1-0 އިން މޮޅުވިއިރު، އެވަޓަންވަނީ ފުލަމް އަތުން 3-2 ގެ ނަތީޖާއިން މޮޅުވެފައެވެ. މި މެޗުގައި އެވަޓަންގެ ކަލްވާޓް ލެވިން ވަނީ 2 ގޯލް ޖަހައިދީފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން