ކޯވިޑް-19 ޖެހިގެން ނިޔާވި މީހެއް ވަޅުލަނީ (ފޮޓޯ: ސޯޝަލް މީޑިއާ)
ކޯވިޑް-19 ޖެހިގެން ނިޔާވި މީހެއް ވަޅުލަނީ (ފޮޓޯ: ސޯޝަލް މީޑިއާ)
ކޯވިޑް-19 ޖެހިގެން ރާއްޖެއިން އިތުރު މީހަކު ނިޔާވެ ރާއްޖެއިން ނިޔާވި މީހުންގެ ޖުމްލަ ޢަދަދު 46 އަށް އަރައިފިއެވެ.

އެޗްއީއޯސީން ބުނީ ރާއްޖެއިން ކޯވިޑް-19 ޖެހިގެން 77 އަހަރުގެ ދިވެހި ފިރިހެނެއް ނިޔާވެފައިވާ ކަމަށެވެ. އޭނާ ނިޔާވީ މިއަދު 02:09 ހާއިރު ކަމަށާއި، އެއީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ މީހެއްކަމަށް އެޗްއީއޯސީން ވަނީ ބުނެފައެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖެއިން ބަލިޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 12،578 އަށް އަރާފައެވެ. އަދި މިވަގުތު ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ގެންދަނީ 82 މީހުންނަށެވެ.

ކޮވިޑް ޖެހިގެން މިހާތަނަށް ރާއްޖޭގައި ނިޔާވި މީހުންގެ އަދަދު މިވަނީ 46 އަށް އަރާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން