އިކޮންމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އަދި އެމްޑީޕީ ޕީޖީ ލީޑަރ ހަސަން ލަތީފް
އިކޮންމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އަދި އެމްޑީޕީ ޕީޖީ ލީޑަރ ހަސަން ލަތީފް
އިކޮންމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ އިތުބާރު ނެތްކަމުގެ މައްސަލަ އަދި މުޅިން ނުނިމޭ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ އަޑުގެ ޕްރޮގުރާމެއްގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ އިކޮންމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށައެޅި ސަބަބުތަށް ދެމިއެބައޮތް ކަމަށެވެ.

ފައްޔާޒުގެ އިތުބާރު ނެތް ކަމުގެ މައްސަލައަކީ ހަމައެކަނި އޭނާ ކުރެއްވި ކަމަކުން ހުށައެޅި މައްސަލައެއް ނޫން ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

"އެމައްސަލަ މުޅިން ނިމިގެންދިޔަ ކަމަށް އަޅުގަނޑެެއް ނުދެކެން، ފައްޔާޒުގެ އިތުބާރު ނެތް މައްސަލައަކީ ވަކިކަމަކާއި ދިމާވެގެން އައި ކަމެއް ނޫން. އެންމެ ކަަމަކާއި ގުޅިގެން ހުއްޓުނު ކަމެއް ވެސް ނޫން. ހުއްޓުނު ކަމަށް ގަބޫލެއް ވެސް ނުކުރަން." ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވިއެވެ.

އިކޮންމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށައަޅަން ނޫޅުއްވާ ކަމަށް މަޖިލީހުގެ ރައީސް މުހަންމަދު ނަޝީދު ވިދާޅުވި ވާހަކަތަކާއި ގުޅިގެން ހަސަން ލަތީފް ވިދާޅުވީ އެމަނިކުފާނު އެގޮތަށް ވިދާޅުވީ މަޖިލީހުގައި އެމަސައްކަތް ނުކުރާކަން ހާމަކޮށްދެއްވުމުގެ ގޮތުން ކަމަށެވެ.

ވަޒީރުންގެ އިތުބާރު ނެތްކަމުގެ މައްސަލަތަކާއި ގުޅިގެން އެމްޑީޕީގެ ތެރޭގައި އުސޫލުތަކެއް ގާއިމްކުރަންޖެހޭ ކަމަށް ހަސަން ވިިދާޅުވިއެވެ.

"ޕާޓީގައި އޮވޭ ގައުމީ މަޖިލީހެއް ވެސް، ގައުމީ ހިންގާ ކޮމެޓީއެއް ވެސް އޮވޭ. މިތަންތަނުގެ އިތުބާރު އޮންނަންޖެހޭ އަޅުގަނޑުމެން އެންމެންގެ ވެސް. ޕާޓީގެ ޗެއާޕާސަނަށް ވެސް." ހަސަން ވިދާޅުވިއެވެ.

ހަސަން ލަތީފް މިހެން ވިދާޅުވެފައިވާއިރު ދާދިފަހުން އެމްޑީޕީގެ ރައީސް، ރައީސް މުހަންމަދު ނަޝީދު ވިދާޅުވީ ފައްޔާޒުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށައަޅަން އެމަނިކުފާނު ނޫޅުއްވާ ކަމަށެވެ. ނަޝީދު މިހެން ވިދާޅުވި ނަމަވެސް ފައްޔާޒުގެ އިތުބާރު ނެތްކަމުގެ މައްސަލަ އާއި މެދު ގޮތެއް ނިއްމުމަށް އެމައްސަލަ އެމްޑީޕީގެ ގައުމީ މަޖިލީހަށް ހުށައެޅުއްވީ އެމަނިކުފާނެވެ. ރައީސް ނަޝީދު ވަނީ އެމްޑީޕީ އަށް ލިބިދާނެ ގެއްލުމަކަށްޓަކައި އިކޮންމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މަގާމުން އެކަހެރިވުމަށް ވެސް އެދިވަޑައިގެންފައެވެ.

ސަރުކާރުގެ ތެރޭގައި އެންމެ ހަރަކާތްތެރި އެންމެ ބާރުގަދަ ކަމަށްބުނާ މިނިސްޓަރ ފައްޔާޒުގެ މަގާމުން ދުރު ކުރުމަށް ރައީސް ނަޝީދު ފަށްޓަވާފައިވާ މަސައްކަތް ތަކާއި ގުޅިގެން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެފައިވަނީ ފައްޔާޒަށް ފުރިހަމަ އިތުބާރު އެބައޮތްކަމަށާއި ފައްޔާޒު ވަޒީރުކަމުގައި ދެމިހުންނަވާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން