ޕޯޗުގަލްގެ ތަރި ބްރޫނޯ ފެނާންޑޭސް
ޕޯޗުގަލްގެ ތަރި ބްރޫނޯ ފެނާންޑޭސް
އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ މެންޗެސްޓަރ ޔުނައިޓެޑާއި، ޗެލްސީ ކުޅުނު މެޗްތައް ކާމިޔާބުކޮށްފިއެވެ.

ރޭ އަމިއްލަ ދަނޑުގައި ވެސްޓް ބްރޮމް އާ ދެކޮޅަށް ކުޅުނު މެޗު ޔުނައިޓެޑުން ކާމިޔާބުކުރީ 0-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ޔުނައިޓެޑުންޖެހި ހަމައެކަނި ލަނޑު މެޗުގެ 56 ވަނަ މިނެޓްގައި ކާމިޔާބުކުރީ ލިބުނު ޕެނަލްޓީ އަކުން އެ ޓީމަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ތަރި ބްރޫނޯ ފެނާންޑޭސް އެވެ.

މިއީ މި ސީޒަނުގައި އަމިއްލަ ދަނޑުގައި ޔުނައިޓެޑުން ހޯދި ފުރަތަމަ މޮޅެވެ. މި މެޗުގެ ކުރިން މިފަހަރުގެ ލީގުގައި ޔުނައިޓެޑުން އޯލްޑް ޓްރެފޯޑްގައި ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗުން ވަނީ ބަލިވެފަ އެވެ.

ރޭ ކުޅުނު މެޗު ޗެލްސީ ކާމިޔާބުކުރި 2-0 އިންނެވެ. މެޗުގެ ކުރީކޮޅު އެޓީމަށް ލީޑު ލިބުނީ ނިއުކާސަލްގެ ފެޑެރިކޯ ފެނާންޑޭޒް އަތުން ބައިކޮޅަށް ވަން ލަނޑުންނެވެ.

ޗެލްސީގެ ދެ ވަނަ ލަނޑު ދެ ވަނަ ހާފުގައި ކާމިޔާބުކޮށްދިނީ ވާނާގެ އެހީތެރިކަމާއެކު ޓަމީ އަބްރަހަމް އެވެ. މިއީ މިދިޔަ ސީޒަން ފެށިފަހުން އަބްރަހަމް ހުރިހާ މުބާރާތެއްގައި ޗެލްސީ އަށް ކާމިޔާބުކޮށްދިން 23 ވަނަ ލަނޑެވެ.

ރޭގެ ނަތީޖާތަކާ އެކު ޓޭބަލްގެ އެއްވަނައިގައި މިވަގުތުއޮތީ 20 ޕޮއިންޓާއެކު ޓޮޓެންހަމް އެވެ. ޖެލްސީ ދެވަނައިގައި އޮތީ 18 ޕޮއިންޓާ އެކުއެވެ. 13 ޕޮއިންޓް ހޯދައިގެން ޔުނައިޓެޑް އޮތީ 9 ވަނައިގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން