ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މުހުތާޒް މުހުސިން
ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މުހުތާޒް މުހުސިން
ރާއްޖޭގެ ހުރިހާ ކަމެއް ރައްޔިތުން މަޖިލީހާއި މަތިކުރުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މުހުތާޒް މުހުސިން ވިދާޅުވެއްޖެއެވެ.

ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މުހުތާޒް މުހުސިން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ކޮންމެ ކަމެއް މަޖިލީހާއި މަތިކުރުމަކީ ރަނގަޅު ކަމެއް ނޫން ކަމަށެވެ. މަދީނާގެ އިސްލާމިކް ޔުނިވަސިޓީގެ ގާނޫނީ ޑިގްރީ އަދި އޮކްސްފޯޑް ޔުނިވަސިޓީގެ ގާނޫނީ ޑިގްރީ ބާ ކައުންސިލުން ބަލައިނުގަނެވުނު ކަމަށް މުހުތާޒް ވިދާޅުވިއެވެ.

"ބަލައިގަނެވޭނެ ގާނޫނީ ޑިގްރީތަކުގެ ތަފްސީލް އާންމުކުރެއްވުން ބުއްދިވެރި، ކޮންމެ ކަމެއް މަޖިލީހާއި މަތިކުރެއްވުން ރަނގަޅެެއް ނޫން" ކުރީގެ ޕީޖީ މުހުތާޒް ވިދާޅުވިއެވެ.

ޕ

މަދީނާ ޔުނިވާސިޓީން އިސްލާމީ ޝަރީއާ ޑިގްރީ ހަދާފައިވާ ދަރިވަރުންނަށް ވަކާލާތުކުމުގެ ހުއްދަ ނުދޭން ނިންމީ، ހުށަހެޅި ލިޔުންތަކަށް ބަލާއިރު، ގާނޫނީ ރޮނގުން ޑިގްރީއެއް ކަމަށް އެނގެން ނެތުމުން ކަމަށް، ބާ ކައުންސިލްގެ ރައީސް މައުމޫން ހަމީދު ވަނީ ވިދާޅުވެފައެވެ.

ބާ ކައުންސިލަކީ ވަކީލުން ރެގިއުލޭޓް ކުރުމުގެ ޒިންމާ އޮންނަ ކައުންސިލެވެ. އެ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގައި ތިއްބަވާނީ ވަކީލުން އިންތިޚާބުކުރާ ރައީސަކާއި ނައިބު ރައީސެއްގެ އިތުރުން މެމްބަރުންނާއި ބަންޑާރަ ނައިބެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން