ޑރ. މުހައްމަދު މުއިއްޒު
ޑރ. މުހައްމަދު މުއިއްޒު
މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައި ދިނުމަށް މަސައްކަތްކޮށް ދިނުމަކީ މާލޭގެ މޭޔަރު ކަމަށް ހޮވޭ މީހާގެ ޒިންމާއެއް ކަމަށް ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ކުރީގެ ހައުސިން މިނިސްޓަރު އަދި ޕީޕިއެމްގެ ނާއިބް ރައީސް ޑރ. މުހަންމަދު މުއިއްޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މާލޭގެ މޭޔަރު ކަމަށް ހޮވޭ މީހެއްގެ އެންމެ ބޮޑު ޒިންމާއަކަށް ވާން ޖެހޭނީ މާލޭގެ ރައްޔިތުންނަށް ދާއިމީ ބޯހިޔާވަހިކަން ހޯދައި ދިނުމަށް އިސްކަންދީގެން މަސައްކަތް ކުރުން ކަމަށެވެ. ގުޅީފަޅާއި ފުށިދިއްގަރުފަޅަކީ މާލޭގެ ރައްޔިތުންނަށް ގޯތި އަދި ފްލެޓު ދޭން ހާއްސަ މަންޒިލަކަށް ހަދަން މަސައްކަތް ކުރަން ޖެހޭ ކަމަށް ޑރ.މުއިއްޒު ވިދާޅުވިއެވެ.

އަންނަ އަހަރުގެ މާޗް މަހުގެ ހަ ވަނަ ދުވަހު ބޭއްވުމަށް ނިއްމައިފައިވާ ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރު ކަމަށް ވާދަ ކުރައްވާ ބޭފުޅުންގެ ތެރޭގައި މުއިއްޒުގެ އިތުރުން އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ހުންނެވި އަނަސް އަބްދުއްސައްތާރާއި ކުރިން ޑީއާރްޕީއާއި އެމްޑީޕީއާއި ޕީޕީއެމާއި ޖުމްހޫރީ ޕާޓީގައި އުޅުއްވި އަލްހާން ފަހުމީ ހިމެނެއެވެ.

އަންނަ އަހަރަށް ލަފާ ކުރާ 34.7 ބިލިއަން ރުފިޔާގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް 716 މިލިއަން ރުފިޔާގެސަރުކާރުން ވަނީ ހިމަނާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން