އިކޮންމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް
އިކޮންމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް
ގޭގައި މަސައްކަތް ކުރާ މީހުން ވިޔަފާރި ކުރަން ފެށުމުން، ބައެއްކަހަލަ ވިޔަފާރިތަކަށް ގެއްލުންވާކަމަށް އިކޮންމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގައި ވާހަކަ ދައްކަވަމުން އިކޮންމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވީ، ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން، ރާއްޖޭގެ އާބާދީގެ ގިނަ ބަޔަކު އާމްދަނީ ހޯދަން ކުރަމުން އައި މަސައްކަތްތަކަށް މުބައި އަސަރުކޮށް ބޮޑެތި މައްސަލަތައް ކުރިމަތިވި ކަމަށެވެ. މުޅި ރާއްޖޭގެ އިގްތިސާދަށް ވެސް ނޭދެވޭ އަަސަރު ކޮށްފައިވާ މި ދަނޑިވަޅުގައި ގޭގައި ތިބެގެން މަސައްކަތް ކޮށްގެން އާމްދަނީ ހޯދާ މީހުން ގިނަ އަދަދަކަށް އެބައުޅޭ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

އެގޮތުން ގޭގައި ވިޔަފާރިކުރަން ފެށުމުން ރެސްޓޯރެންޓް، ހޮޓާ، ކެފޭ ފަދަ ތަންތަނަށް ގޮންޖެހުމަކަށް ވާކަން ފާހަގަކުރައްވަމުން ފައްޔާޒު ވިދާޅުވީ ޓެކްސް ދައްކައިގެން ވިޔަފާރި ކުރާއިރު އެފަދަ މައްސަލަތައް ދިމާވުމުން ވިޔަފާރިވެރިން ޝަކުވާ ކުރާ ކަމަށެވެ.

"އަޅުގަނޑުމެންގެ ބޭނުމަކީ ހޯމް ބޭސްޑް ވޯކާޒްއަށް ވެސް ޖާގަ ދީގެން، އެކަމަކު އެބޭފުޅުން ވެސް ޓެކްސް ދައްކަވަން ޖެހޭނެ. ލިބޭ ޖާގައިގެ ތެރެއިން ޓެކްސް ދައްކަވަން ވާނެ." ފައްޔާޒު ވިދާޅުވި އެވެ.

މީގެ އިތުރުން ފައްޔާޒު ވިދާޅުވީ ކުދި ވިޔަފާރިތައް ކުރިއަރުވަން މި ސަރުކާރުން އަަބަދުވެސް އިސްކަން ދޭނެ ކަމަށެވެ.

އާމްދަނީ ހޯދުމަށް ގޭގައި ތިބެގެން ކުރާ އެފަދަ މަސައްކަތްތައް ވިޔަފާރީގެ ގޮތުގައި ރަޖިސްޓްރީ ކުރާކަށް ނުޖެހެއެވެ. އެފަދަ ފަރާތްތަކުން ޓެކްސް ނެގޭނެ އުސޫލެއް އަދި ހަމަޖެހިފައެއް ނުވެއެެވެ. އަދި އެއީ ކުރަން ޖެހޭ ކަމެއް ކަމަކަށްވެސް ގިނަ މީހުން ގަބޫލެއް ނުކުރެއެވެ.

ކޮވިޑާ ގުޅިގެން އާމްދަނީ ހުއްޓުނު ގިނަ ބައެއްގެ ދިރިއުޅުމުގެ ބޮޑު ބައެއް މިހާރު ހަމަޖައްސަމުން ދަނީ ގޭގައި ތިބެގެން ކޮށްލެވޭ މަސައްކަތްތައް ކޮށްގެންނެވެ.


ކިޔުންތެރިންގެ ހިޔާލު


-6

ވަޙީދު

25-Nov-2020

ގޭގައި ހެދިކާހަދައިގެން ވިއްކިން ކަހަލަ ވިޔަފާރިއަކީ އިއްޔެއަކު މިއަދަކު ކުރަންފެށިކަމެއްނޫން އަހަރުމެން އެންމެ ކުޑައިރުގައިވެސް އެފަދަ ވިޔަފާރިތައް ރައްޔިތުން ކުރަމުން ދިއުމަކީ ޢާއްމުކަމެއް އެކަމަކު މިހށރުނޫނީ އެފަދަ ކަންކަމަށް ސަރުކާރު ވަދެގަނެގެން އުޅޭތަނެއް އަހަރުމެނަކު ނުދެކެން މިހާރު ދެން ތިޔައުޅެނީ ތަންކޮޅެއްބޮޑުވަރުހެން ހީވަނީ ސަރުކާރަކަސް ދެންތިޔައީ ތަންކޮޅެއް ބޮޑުވަރުދޯ??



ޓްރެންޑިން