ހއ. ބާރަށް (ފޮޓޯ: ސޯޝަލް މީޑިއާ)
ހއ. ބާރަށް (ފޮޓޯ: ސޯޝަލް މީޑިއާ)
ހއ.ބާރަށުގައި ފާޚާނާ ސާފުކުރާ ފުޅިއެއް ބުއި ޒުވާނަކު ނިޔާވެއްޖެއެވެ.

ފާޚާނާ ސާފުކުރާ ފުޅިއެއް ބުއިމުން ނިޔާވެފައިވަނީ ބާރަށު އުމުރުން 22 އަހަރުގެ ފިރިހެނެކެވެ. އޭނާ ނިޔާވެފައިވަނީ އެރަށު ސިއްހީ މަރުކަޒުން ފަރުވާ ދިނުމަށްފަހު، އިތުރު ފަރުވާއަށް ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް މިއަދު ފަތިހުއެވެ.

ފާޚާނާ ސާފުކުރަން ބޭނުންކުރާ ފުޅިއެއް ބުއިމުގެ ސަބަބުން ހާލުދެރެވަގެން އޭނާ ބާރަށު ސިއްހީ މަރުކަޒަށް ގެންދިއައީ އިއްޔެގެ ހަވީރުގެ ވަގުތެއްގައެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. އަދި އެޒުވާނާ ފާޚާނާ ސާފުކުރާ ފުޅިއެއް ބުއީ ކީއްވެގެން ކަމެއް ވެސް ސާފެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން