ޒަހީނުއްދީން ސަޢީދު   19 ނޮވެމްބަރު 2020 - 23:4
ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ސޯލިޙު
ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ސޯލިޙު
ކޮޗިން ފެރީން ހުވަދު އަތޮޅަށާއި އައްޑުއަށްވެސް ދަތުރުތައް ފެށުމަށް ތައްޔާރުވަމުން ދާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ސޯލިޙު މިއަދު އިއުލާންކުރައްވައިފިއެވެ.

ހޯރަފުށީ އެއަރޕޯޓް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހަންމަދު ސޯލިޙު ވިދާޅުވީ، ބޭރު ޤައުމުތަކުން ސީދާ އެކި އަތޮޅުތަކަށް މުދާ ގެނެވޭނެ އިންތިޒާމެއް ހަމަޖެއްސުމަކީ ލާމަރުކަޒީ ސިޔާސަތުގެ ވަރަށް މުހިންމު ބައެއް ކަމަށެވެ.

އެގޮތުން ހދ. ކުޅުދުއްފުއްޓާއި އިންޑިއާގެ ކޮޗިންއާ ދެމެދު މިދިޔަ ސެޕްޓެމްބަރު މަހުގެ ފަހުކޮޅު ފެށި ކާގޯ ފެރީގެ ޚިދުމަތަކީ، ވިޔަފާރި ލާމަރުކަޒު ކުރުމުގެ ވަރަށް މުހިންމު މަސައްކަތެއްކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން މި ސިލްސިލާގެ ދަށުން އިންޑިއާގެ ޓުޓިކޮރިންއިން ހުވަދު އަތޮޅަށާއި އައްޑުއަށް ކުރާ ދަތުރުތައް، ކުރިއަށް އޮތް ދެތިން ހަފުތާގެ ތެރޭގައި ފެށުމަށް މޯލްޑިވްސް ސްޓޭޓް ޝިޕިންގެ ފަރާތުން ތައްޔާރުވަމުންދާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.

"އިންޑިއާގެ ޓުޓިކޮރިންއިން ހުވަދު އަތޮޅަށާއި އައްޑުއަށް ކުރާ ދަތުރުތައް، މާތް ﷲގެ ވާގިފުޅާއެކު، ކުރިއަށް އޮތް ދެތިން ހަފުތާގެ ތެރޭގައި ފެށުމަށް، މޯލްޑިވްސް ސްޓޭޓް ޝިޕިންގެ ފަރާތުން އެއަންނަނީ ތައްޔާރުވަމުން." ރައީސް ސޯލިހް ވިދާޅުވިއެވެ.

އިންޑިއާގެ ކޮޗިން އާއި ރާއްޖެއާ ދެމެދު ފެށި ކާގޯފެރީ ދަތުރުތައް ފެށީ މިދިޔަ ސެޕްޓެމްބަރު މަހު 21 ވަނަ ދުވަހުއެވެ. އެ ދަތުރުގައި 500 ޓަނު ސިމެންތި އާއި ދެ ކޮންޓެއިންނަރުގެ މުދާ ވަނީ ގެނެސްފައެވެ.

އިންޑިއާގެ ކޮޗިން އިން ކާގޯއާ އެކީ އައި، ފުރަތަމަ ފެރީއަކީ އެއްފަހަރާ 3000 ޓަނުގެ މުދާ އުފުލޭ ބޯޓެކެވެ.

މި ބޯޓަކީ "އެމްސީޕީ ލިންޒް 47" ނަމަކަށް ކިޔާ ދިގުމިނުގައި 117 މީޓަރު ހުންނަ 380 ކޮންޓެއިނަރު އަދި 3000 މެޓްރިކް ޓަނުގެ ބްރޭކް ބަލްކް ކާގޯ ކެޕޭސިޓީ ހުރި ފެރީއެކެވެ.


ކިޔުންތެރިންގެ ހިޔާލު


4

ޭުޮިުަަމޖ

25-Nov-2020




ޓްރެންޑިން