ޤަތަރު އެއާވޭޒްގެ ފްލައިޓެއް
ޤަތަރު އެއާވޭޒްގެ ފްލައިޓެއް
ޤަތަރުގެ ފުރަތަމަ ޓްރެވަލް ބަބުލް ޕެކޭޖް ރާއްޖެ އަށް ޚާއްސަ ކޮށް ތަޢާރަފް ކޮށްފިއެވެ.

ގަތަރު އެއާވޭޒް އިން ބުނީ، މި ބަބުލް ހާއްސަކޮށްފައި ވަނީ ގަތަރުގެ ރައްޔިތުންނާއި އެގައުމުގައި ދިރިއުޅެމުންދާ މީހުންނަށް ކަމަށާއި، މި ބަބުލްގެ ދަށުން ފްލައިޓް އަދި ހޮޓެލް ބުކް ކުރާ ފަރާތްތަކަށް، ރާއްޖޭގައި ޗުއްޓީ ހޭދަކޮށް ނިމިގެން އަނބުރާ ދޯހާއަށް ދިއުމަށްފަހު ކަރަންޓީން ވާން ނުޖެހޭނެ ކަމަށެވެ.

ޑިސެމްބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ޖެނުއަރީ މަހުގެ ހަތް ވަނަ ދުވަހާ ހަމައަށް ޤާއިމްކުރި މި ޕެކޭޖުގެ ދަށުން ރާއްޖެ އަންނަ ގަތަރު ފަތުރުވެރިން މަޑުކުރާނީ ސޭންޑީސް ބަތަލާ އަދި ޑައިމަންޑް ތުނޑުފުށި ރިސޯޓުގަ އެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ 22 ވަނަ ދުވަހު ގަތަރުން ވަނީ ކޯވިޑް-19 އާ ގުޅިގެން މީހުން ދަތުރު ކުރަން ރައްކާތެރި ގައުމުތަކުގެ ލިސްޓުގައި ރާއްޖެ ހިމަނައިފަ އެވެ. އެއީ ވޯލްޑް ޓްރެވަލް އެންޑް ޓޫރިޒަމް ކައުންސިލުން (ޑަބްލިއުޓީޓީސީ) އިން ދޭ "ސޭފް ޓްރެވަލް" ސްޓޭމްޕް ރާއްޖެއަށް ލިބުމުންނެވެ.

ގަތަރު އެއާވޭސް އިން ވަނީ އެ އެއާލައިންގެ ވެބްސައިޓާއި ބައެއް ޓްރެވަލް އެޖެންޓުން މެދުވެރިކޮށް، ޓްރެވަލް ބަބުލް ހޮލިޑޭސް އަށް ބުކިން ހެދުމުގެ ފުރުސަތު އިއްޔެ އިން ފެށިގެން ޑިސެމްބަރު 24 ގެ ނިޔަލަށް ހުޅުވާލައިފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން