ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ) އިން އިންތިޒާމު ކޮށްގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޮޑު ކަންނެލީގެ މަސްވެރިކަން ކުރާ 60 ދޯނި ބައިވެރިވި މުޒާހަރާއިން ހައްޔަރުކުރި ބީކޭއެމްޔޫގެ ސެކްރެޓަރީ ޖެނެރަލް އަދި މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރަށް ހޮސްޕިޓަލްގައި ފަރުވާދޭން ފަށައިފިއެވެ.
މިއަހަރުގެ މަސްވެރިންގެ ދުވަހު ހެނދުނު 9:30 ގައި ހުޅުމާލެ ކަންނެލި ޖެޓީން ފެށި މި މުޒާހަރާގައި ބައިވެރިވި ދޯނިތައް އޭގެ ފަހުން ވަނީ މާލޭ އުތުުރުފަރާތު ކަނޑުގައި އަޅައިގެން އިޙްތިޖާޖް ކޮށްފައެވެ. ނަމަވެސް ފުލުހުން ވަނީ އޭގެން ބައެއް ދޯނިތަކަށް އަރައި ބާރުގެ ބޭނުން ކޮށްގެން އިޙްތިޖާޖު ރޫޅާލާފައެވެ.
އަދި އިޙްތިޖާޖް ރޫޅާލުމުގެ ތެރޭގައި، ބީކޭއެމްޔޫގެ ސެކްރެޓަރީ ޖެނެރަލް، ކެންދޫ ދާއިރާގެ މަޖިލިސް މެންބަރު، މައުރޫފް ޒާކިރު އާއި އިތުރު 3 މީހަކުވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް އެމީހުންގެ ބަންދަށް ކޯޓުން އިއްޔެ ވަނީ 5 ދުވަސް ޖަހާފައެވެ. އަދި ފުލުހުން ރޭ ބުނީ މި އިހުތިޖާޖާ ގުޅިގެން ހައްޔަރުކުރި ހަތަރު ބިދޭސީއަކު އިމިގްރޭޝަނާ ހަވާލުކުރި ކަމަށެވެ.
މަޢުރޫފްގެ އަރިސް އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މެންބަރަކު މިއަދު ވިދާޅުވީ، މުޒާހަރާގެ ތެރެއިން ހައްޔަރުކުރި ކެންދޫ ދާއިރާގެ މެންބަރު، މައުރޫފް ޒާކިރަށް ހައްޔަރު ކުރުމުގެ ތެރޭގައި އަނިޔާވެފައިވާތީ، މިއަދު ހެނދުނު މާލެއަށް ގެނެސް އައިޖީއެމް ހޮސްޕިޓަލުގެ އެމަޖެންސީ ރޫމްގައި ފަރުވާ ދެމުންދާ ކަމަށެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުން ބާރުގެ ބޭނުން ކޮށްގެން މައުރޫފް ހައްޔަރު ކުރުމުގެ ތެރޭގައި އޭނާއަށް ލިބިފައިވާ އަނިޔާތަކުގެ ސަބަބުން، ސާޖަރީއެއް ހަދަންޖެހޭކަމަށް ޑޮކްޓަރު ވަނީ އަންގާފައެވެ.
"ސާޖަރީ ހަދާނީ ރާއްޖެއިންތޯ ނޫނީ ރާއްޖެއިން ބޭރުންތޯ. މިކަންކަން ޑިސައިޑްކުރާނީ އާއިލާއިން." މައުރޫފްގެ އަރިސް ބޭފުޅަކު ވިދާޅުވިއެވެ.
މަސްވެރިންގެ މުޒާހަރާ ރޫޅާލުމަށްޓަކައި ދޯނިތަކަށް އަަރައި، ދޯނިތަކުގައި މަސައްކަތް ކުރާ 4 ބިދޭސީން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމުގެ އިތުރުން ފުލުހުން ވަނީ، ތިން ދޯންޏެއްގެ ކޮންޓްރޯލް ނަގައި އެ ތިން ދޯނި ދޫނިދޫއަށް ގެންގޮސްފައެވެ. ނަމަވެސް ފަހުން ދޯނިތައް ވަނީ ދޫކޮށްލާފައެވެ. އަދި ބިދޭސީން ޙަވާލުކުރީ އިމިގްރޭޝަނަށެވެ.
މަސްވެރިންގެ އިހުތިޖާޖުގައި މައިގަނޑު ގޮތެއްގައި ސަރުކާރަށް ކުރަމުން ދަނީ ތިން ޑިމާންޑެކެވެ. އެއީ ސަރުކާރުގެ މެނިފެސްޓޯގައި އޮތް ގޮތަށް ސަރުކާރުގެ މަސް ކުންފުނި، މިފްކޯއަށް ބޮޑު ކަންނެލި ގަންނަން ފެށުމާއި، ކަންނެލި ގަނެވޭނެ އެންމެ ދަށް އަގަކީ 80 ރުފިޔާ އާއި 100 ރުފިޔާ އާ ދެމެދު ކަމަށް ކަނޑައެޅުމާއި، ބޭސް ރޭޓުގައި މަސްވެރިންނަށް ތެލާއި އައިސް ލިބޭނެ ގޮތް ހަދައިދިނުމެވެ.
މި އިޙްތިޖާޖުގައި ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަންގެ ރައީސް، ހުސައިން ނަޝީދު ވިދާޅުވީ، މަސްވެރިންގެ ޑިމާންޑްތަކަށް ސަރުކާރުން އެދެވޭ ޖަވާބެއް ލިބެންދެން މި އިހްތިޖާޖު ކުރިއަށް ގެންދާނެ ކަމަށެވެ.

ބޮޑުކަންނެލި މަސްވެރިންގެ އިހުތިޖާޖުގެ ތެރެއިން، މަސްވެރިންގެ ޔޫނިއަންގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާ ގެ މެންބަރު @MateyZakir ހައްޔަރު ކޮށްފި
— Che (@LamanMohamed) December 11, 2025
pic.twitter.com/mJaYYl3IYW
މަޢުރޫފްގެ އަރިސް އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މެންބަރަކު މިއަދު ވިދާޅުވީ، މުޒާހަރާގެ ތެރެއިން ހައްޔަރުކުރި ކެންދޫ ދާއިރާގެ މެންބަރު، މައުރޫފް ޒާކިރަށް ހައްޔަރު ކުރުމުގެ ތެރޭގައި އަނިޔާވެފައިވާތީ، މިއަދު ހެނދުނު މާލެއަށް ގެނެސް އައިޖީއެމް ހޮސްޕިޓަލުގެ އެމަޖެންސީ ރޫމްގައި ފަރުވާ ދެމުންދާ ކަމަށެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުން ބާރުގެ ބޭނުން ކޮށްގެން މައުރޫފް ހައްޔަރު ކުރުމުގެ ތެރޭގައި އޭނާއަށް ލިބިފައިވާ އަނިޔާތަކުގެ ސަބަބުން، ސާޖަރީއެއް ހަދަންޖެހޭކަމަށް ޑޮކްޓަރު ވަނީ އަންގާފައެވެ.
"ސާޖަރީ ހަދާނީ ރާއްޖެއިންތޯ ނޫނީ ރާއްޖެއިން ބޭރުންތޯ. މިކަންކަން ޑިސައިޑްކުރާނީ އާއިލާއިން." މައުރޫފްގެ އަރިސް ބޭފުޅަކު ވިދާޅުވިއެވެ.
ހެނދުނު ގެނައި ގޮތަށް ކެންދޫ ދާއިރާގެ މެންބަރު @MateyZakir ބާއްވާފައި އޮތީ އައިޖީއެމްއެޗްގެ އީއާރްގައި. @MDPSecretariaގެ ޗެއަރޕާސަން @mpgapo މިވަގުތު ހުންނެވީ އައިޖީއެމްއެޗްގައި#FreeMateyNow#FreeBKMUProtestors#MasverinMinivanKurey pic.twitter.com/tmSJ2hjef1
— Hussain Hassan (@HucenHassan) December 13, 2025
މަސްވެރިންގެ މުޒާހަރާ ރޫޅާލުމަށްޓަކައި ދޯނިތަކަށް އަަރައި، ދޯނިތަކުގައި މަސައްކަތް ކުރާ 4 ބިދޭސީން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމުގެ އިތުރުން ފުލުހުން ވަނީ، ތިން ދޯންޏެއްގެ ކޮންޓްރޯލް ނަގައި އެ ތިން ދޯނި ދޫނިދޫއަށް ގެންގޮސްފައެވެ. ނަމަވެސް ފަހުން ދޯނިތައް ވަނީ ދޫކޮށްލާފައެވެ. އަދި ބިދޭސީން ޙަވާލުކުރީ އިމިގްރޭޝަނަށެވެ.
މަސްވެރިންގެ އިހުތިޖާޖުގައި މައިގަނޑު ގޮތެއްގައި ސަރުކާރަށް ކުރަމުން ދަނީ ތިން ޑިމާންޑެކެވެ. އެއީ ސަރުކާރުގެ މެނިފެސްޓޯގައި އޮތް ގޮތަށް ސަރުކާރުގެ މަސް ކުންފުނި، މިފްކޯއަށް ބޮޑު ކަންނެލި ގަންނަން ފެށުމާއި، ކަންނެލި ގަނެވޭނެ އެންމެ ދަށް އަގަކީ 80 ރުފިޔާ އާއި 100 ރުފިޔާ އާ ދެމެދު ކަމަށް ކަނޑައެޅުމާއި، ބޭސް ރޭޓުގައި މަސްވެރިންނަށް ތެލާއި އައިސް ލިބޭނެ ގޮތް ހަދައިދިނުމެވެ.
މި އިޙްތިޖާޖުގައި ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަންގެ ރައީސް، ހުސައިން ނަޝީދު ވިދާޅުވީ، މަސްވެރިންގެ ޑިމާންޑްތަކަށް ސަރުކާރުން އެދެވޭ ޖަވާބެއް ލިބެންދެން މި އިހްތިޖާޖު ކުރިއަށް ގެންދާނެ ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު