ބޮޑުކަންނެލި މަސްވެރިންގެ ޙައްޤުތައް ހޯދުމަށް ކުރަމުންދިޔަ ސުލްޙަވެރި އިހުތިޖާޖުން ހައްޔަރުކުރި 8 މީހުންގެ ތެރެއިން 4 މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފައިވަނީ ސަރުކާރުގެ ސިޔާސީ ނުފޫޒުގެ ދަށުން ކަމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ބުނެފިއެވެ.
ބޮޑުކަންނެލި މަސްވެރިންގެ ޙައްޤުތައް ހޯދުމަށް ކުރަމުންދިޔަ ސުލްޙަވެރި އިހުތިޖާޖަށް ސަރުކާރުން ހުރަސްއަޅައި، ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މަޢުރޫފް ޛާކިރު ހިމެނޭގޮތަށް ޖުމްލަ 8 މީހަކު ވަނީ އެ ހަރަކާތުގެ ތެރެއިން ޤާނޫނާ ޚިލާފަށް ހައްޔަރުކޮށްފައިކަމަށް އެމްޑީޕީން ބުނެފައިވެއެވެ.
އެމްޑީޕީން ފާހަގަކުރި ގޮތުގައި، ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ރ) ގައި ބަޔާންކުރަނީ، ކުށެއްގެ ތުހުމަތުގައި ބަންދުކޮށްފައިވާ މީހާ ބަންދުކޮށްފައި ވަނީ ޤާނޫނީ ހަމަތަކުގެ މަތީންތޯ ކަނޑައެޅުމަށް، އެ މީހަކު ހައްޔަރުކުރެވުނުތާ 24 ގަޑިއިރުގެ ތެރޭގައި، ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރަން ވާނެކަމަށެވެ. ނަމަވެސް، ހައްޔަރު ކުރެވުނު 8 މީހުންގެ ތެރެއިން ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފައިވަނީ 4 މީހުން އެކަނި ކަމަށް އެމްޑީޕީން ބުނެފައިވެއެވެ. އަނެއް 4 މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމަކާ ނުލައި ބަންދުގައި ބައިތިއްބާފައިވަނީ ޤާނޫނުއަސާސީއާ ޚިލާފަށް ކަމަށް އެމްޑީޕީން ބުނެއެވެ.
އަދި އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރެވުނު 4 މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ފުލުހުން ހުށަހެޅުމުން، ކޮންމެ މީހަކު އިތުރު 5 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވާކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ. ނަމަވެސް، އެ މީހުންނަށް ކުރާ ތުހުމަތުތަކާ ގުޅޭ އެއްވެސް ހެއްކެއް ހުރިކަމަށް ފުލުހުންނަށް ބަންދުގެ އަޑުއެހުމުގައި ސާފުކޮށް ބުނެދެވިފައިނުވާ ކަމަށާއި، އިތުރަށް ބަންދުގައި ބައިތިއްބަން ޖެހޭ ޤާނޫނީ ސަބަބެއްވެސް ބަޔާންކޮށްދެވިފައިނުވާ ކަމަށް އެމްޑީޕީން ފާހަގަކޮށްފައިވެއެވެ.
"ޤާނޫނުއަސާސީއާއި ޖިނާއީ އިޖުރާއަތުގެ ޤާނޫނާ ޚިލާފަށް އަދި އާންމުކޮށް ކޯޓުން ޢަމަލު ކުރަމުން އަންނަ އުސޫލާވެސް ޚިލާފަށް، ބަންދުގެ މުއްދަތު އިތުރުކުރުމަށް ކޯޓުން ވަނީ ނިންމާފައެވެ. މިއީ، ޤާނޫނުއަސާސީއާ ޚިލާފަށް އަދި ސަރުކާރުގެ ސިޔާސީ ނުފޫޒުގެ ސަބަބުން ނިންމި ނިންމުމެއް ކަމުގައި ވާތީ، އެކަން މި ޕާޓީން ކުށްވެރިކުރަމެވެ." އެމްޑީޕީގެ ނޫސް ބަޔާނުގައި ބުނެފައިވެއެވެ.
އެމްޑީޕީން ވަނީ ޤާނޫނުއަސާސީއާ ޚިލާފަށް ހައްޔަރުކޮށްފައިވާ އެންމެން ވަގުތުން މިނިވަންކުރުމަށް ސަރުކާރަށް ގޮވާލާފައެވެ.
މަސްވެރިންގެ އިހުތިޖާޖާ ގުޅިގެން މިހާތަނަށް ސަރުކާރުން އެއްވެސް ބަޔާނެއް ނެރެފައި ނުވާއިރު، ފުލުހުން ބުނެފައިވަނީ ހައްޔަރު ކުރެވުނު 4 ބިދޭސީން ޤާނޫނީ އިޖުރާއަތުތަކާ އެއްގޮތަށް އިމިގްރޭޝަނާ ޙަވާލު ކޮށްފައިވާ ކަމަށެވެ.
ބޮޑުކަންނެލި މަސްވެރިންގެ ޙައްޤުތައް ހޯދުމަށްޓަކައި މިއަހަރުގެ މަސްވެރިންގެ ދުވަހު ފެށި މި އިހުތިޖާޖަކީ މަސްވެރިންނަށް ދިމާވެފައިވާ ދަތިތަކާއި، މަސްވެރިކަމުގެ ސިނާޢަތުގައި ހުރި ގޮންޖެހުންތަކާ ގުޅިގެން ފެށި ހަރަކާތެއްކަމަށް ބީކޭއެމްޔޫ އިން ވަނީ ބުނެފައެވެ.
އިޙްތިޖާޖާ ގުޅިގެން މަސްވެރިން ބުނެފައިވަނީ، ބޮޑުކަންނެލީގެ އަގު ދަށްވުމާއި، އިންޖީނުތަކަށް ބޭނުންވާ ތެލުގެ އަގު ބޮޑުވުމާއި، އަދި ސަރުކާރުން މަސްވެރިންނަށް ދޭންޖެހޭ އެހީތެރިކަން ނުލިބުމަކީ މަސްވެރިން ކަންބޮޑުވާ މައިގަނޑު ކަންތައްތައް ކަމަށެވެ. މި މައްސަލާގައި އެމްޑީޕީގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ސަރުކާރަށް ގޮވާލާފައި ވަނީ، މަސްވެރިންގެ ޙައްޤުތައް ހިމާޔަތްކޮށްދިނުމަށާއި، ހައްޔަރުކުރެވިފައިވާ ފަރާތްތައް ވީއެންމެ އަވަހަކަށް މިނިވަންކުރުމަށެވެ.

ކިޔުންތެރިންގެ ހިޔާލު