އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން
އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން
ދައުލަތައް ފައިސާ ހޯދުމަށް ޕްރައިވަޓައިޒޭޝަންގެ ނަމުގައި ކުންފުނިތައް ނީލަން ކިޔުން އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު ކުށްވެރި ކުރައްވައިފިއެވެ.

މާފުށި ޖަލުގައި ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ރައީސް ޔާމީން މިއަދު ވަނީ އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުގައި އެންމެ އިސްކޮށް ހިމެނިވަޑައިގަންނަވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދާއި ބައްދަލުކުރައްވާފައެވެ.

ރައީސް ޔާމިން އާއި ބައްދަލުކުރެއްވުމަށްފަހު އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރު ކަމުގެ މަގާމުގައި ހުންނެވި ޑރ. މުހަންމަދު ޖަމީލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެ ބައްދަލުވުމުގައި މި ސަރުކާރުން ޖުޑީޝަރީ އަށް ނުފޫޒު ފޯރުވުމާއި، ޕްރައިވަޓައިޒޭޝަންގެ ނަމުގައި ކުންފުނިތައް ނީލަން ކިޔުން އަދި ކޮސްމެޓިކް ބަޖެޓް ކުށްވެރި ކުރައްވައި އެމަނިކުފާނު ވާހަކަފުޅު ދައްކަވާފައިވާ ކަމަށެވެ.

ޕީޕީއެމުން ފޯކަސް ކުރަންވީ ރައްޔިތުން ބޭނުންވާ ބަދަލު ގެނެސްދޭން ކަމަށް ޑރ.ޖަމީލް ވިދާޅުވިއެވެ.

"ދެންވެސް ތަރައްގީ ގެނެސްދެވޭނީ މި ޕާޓީއަށް." ޑރ.ޖަމީލް ކުރެއްވި ޓުވީޓްގައިވެއެވެ.

އަންނަ އަހަރުގެ ބަޖެޓުގައިސަރުކާރު ހިއްސާވާ ކުންފުނިތައް ޕްރައިވެޓައިޒްކޮށްގެން 462.6 މިލިއަން ރުފިޔާ ހޯދަން ހިމަނާފައި ވެއެވެ. ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެފައިވަނީ ސަރުކާރު ހިއްސާވާ ކުންފުނިތައް ޕްރައިވަޓައިޒް ކުރުމަކީ ވިއްކާލުން ނޫން ކަމަށެވެ. ޕްރައިވެޓައިޒް ކުރުމުގެ ސަބަބުން ދައުލަތަށާއި އާއްމުންނަށް ލިބޭ މަންފާ އިތުރުވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެއިތުރުން އަންނަ އަހަރުގެ ބަޖެޓަށް ބޭނުންވާ ފައިސާ ހޯދުމަށް ހިންގާ މުޢާމަލާތެއްގައި ރައީސް ޔާމިންގެ ސަރުކާރުގައި އިމާރަތްކުރި ދަރުމަވަންތަ ހޮސްޕިޓަލް ރަހުނުކުރުމަށް ސަރުކާރުން ވަނީ ނިއްމާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން