މުހައްމަދު މަލީހު ޖަމާލު
މުހައްމަދު މަލީހު ޖަމާލު
ޤާނޫނު އަސާސީގެ 27 ވަނަ މާއްދާއިން ލިބިދޭ ޙައްޤެއްގެ ބޭނުން ހިއްޕެވުން އަދަބު ދޭން އުޅުމަކީ ނުރައްކަލުގެ ރަނގަބީލެއް ކަމަށާއި އެކަމާ ދެކޮޅަށް ތެދުވެ ވަޑައިގެންނެވި އެމްޑީޕީގެ މެންބަރު މީކާއީލް ނަަސީމު ގޮވައިގެން ސްޕްރީމް ކޯޓަށް ވަޑައިގަންނަވާނެ ކަމަށް ކޮމިއުނިކޭޝަން އެންޑް ސައިންސް މިނިސްޓަރ މުޙައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

އަމިއްލަ ޓީވީއެއްގައި ވާހަކަ ދައްކަވަމުން މަލީހު ވަނީ ރައްޔިތުންގެ މަޖިލީހުން ސަރުކާރު ހިންގަންވީ ގޮތް ބުނެދޭން އުޅޭ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. މީގެއިތުރުން ރާއްޖޭގައި އޮތް ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމާމެދު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ގެންގުޅުއްވާ ޚިޔާލުފުޅަށް ވެސް މަލީހު ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވާފައެވެ.

މިކަމާ ގުޅިގެން މުޅި އެމްޑީޕީގެ ޕާލިމެންޓް މެންބަރުން ވަނީ މަލީހާ ދެކޮޅަށް ތެދުވެ ވަޑައިގެން މަލީހުގެ އިތުބާރު ނެތްކަމަށް ކަނޑައެޅުމަށްވެސް މަސައްކަތް ފަށާފައެވެ. މިގޮތުން އެމްޑީޕީގެ މެންބަރު މީކައިލް ނަސީމު މިހާރުވަނީ މަލީހުގެ އިތުބާރު ނެތް ކަމަށް ކަނޑައެޅުމަށް އެދި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕަށް މަސައްލައެއް ވެސް ހުށައަޅުއްވާފައެވެ.



މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މުހައްމަދު މަލީހު ޖަމާލްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕަށް ހުށަހެޅުއްވި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަޙްމަދު ނަސީމް ވިދާޅުވީ ޓެލެކޮމިއުނިކޭޝަން ގާނޫނުގެ ދަށުން ކޮމިއުނިކޭޝަން އޮތޯރިޓީން ހަދަންޖެހޭ އެއްވެސް ގަވާއިދެއް ދެ އަހަރު ވެގެންދިޔައިރު ވެސް ހަދާފައި ނުވާކަމަށެވެ. އަދި އެ ގާނޫނުން ހަދަން ލާޒިމްކޮށްފައިވާ ގަވާއިދުތައް ނުހެދި ލަސްވެގެންދާ ކޮންމެ ދުވަހަކީ ދިވެހި ދައުލަތަށާއި ރައްޔިތުންނަށް އެތައް ގެއްލުންތަކެއް ކުރިމަތިކުރުވާ ކަމެއް ކަމަށާއި، އެ ގަވައިދުތަކަކީ ރާއްޖޭގެ ޓެލެކޮމް ސިނާއަތް ފުރިހަމައަށް ރެގިއުލޭޓްކޮށް ހިންގުމަށް ކޮންމެހެން ބޭނުންވާ ގަވާއިދު ތަކެއް ކަމަށެވެ.

މީކާއިލްގެ ވާހަކަތަކަށް ރައްދުދެއްވަމުން މިނިސްޓަރ މަލީހު ވިދާޅުވީ، މީކާއިލް ޓެލެކޮމިއުނިކޭޝަން ޤާނޫނު ޝަރަހަ ކުރައްވަނީ ނުބައިކޮށްކަމަށެވެ. އަދި އެކަން އިސްލާހުކޮށްލެއްވުމަށް މީކާއިލްގެ އަރިހުން މަލީހު ވަނީ އެދިވަޑައިގަންނަވާފައެވެ. މީގެއިތުރުން މަލީހު ވަނީ ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް ހިނގާ ގޮތް އޮޅުންފިލުއްވެވުމަށްވެސް އެދިވަޑައިގެންފައެވެ.

މިކަމަށް އިޝާރާތް ކުރަށްވައި މަލީހު ވަނީ ގާނޫނު އަސާސީގެ 27 ވަނަ މާއްދާއިން ލިބިދޭ ހައްގެއްގެ ބޭނުން ހިއްޕެވުމުން އަދަބު ދޭން އުޅުމަކީ ދުސްތޫރުގައި ކޮޅުފައިން ޖެހުން ކަމުގައި ސިފަކުރަށްވާފައެވެ.

"ޤާނޫނު އަސާސީގެ 27 ވަނަ މާއްދާއިން ލިބިދޭ ހައްޤެއްގެ ބޭނުން ހިފުމުން އަދަބުދޭން އުޅުމަކީ ދުސްތޫރުގަ ކޮޅުފައިން ޖެހުން. ޑިމޮކްރެސީގެ އަސާސްތައް ފުނޑުފުނޑުކޮށްލުން. މިއީ ނުރައްކަލުގެ ރަނގަބީލެއް. މިކައިލް ގޮވައިގެން ސްޕްރީމް ކޯޓަށް ވަންނާނަން." ޤާނޫނު އަސާސީގެ ދިފާޢުގައި، ހޭޝްޓެގް ބޭނުން ކުރަށްވައި މަލީހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވެއެވެ.

ޓީވީން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން މަލީހު ވިދާޅުވީ ސަރުކާރު ހިންގަންވީ ގޮތް މަޖިލީހަށް ނޭނގޭނެކަމަށާއި، އެއީ މަޖިލީހުގެ މެމްބަރުންގެ ޒިންމާއެއް ނޫންކަމަށެވެ. އަދި މިހާރު މަޖިލީހުން އަމަލުކުރަމުންދަނީ ޔާމީންގެ ވެރިކަމުގައި ސުޕްރީމްކޯޓުން އަމަލުކުރި ގޮތަށްކަމަށްވެސް މަލީހު ވިދާޅުވިއެވެ.

މަލީހު މިފަދައިން ވާހަކަދައްކަވާފައިވާއިރު، ބައެއް ބޭފުޅުން ވިދާޅުވަނީ މަލީހުގެ މި އަމަލަކީ އޭނާއާ އާއިލީގޮތުން ގާތްގުޅުމެއް އޮންނަ، އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރ، ޑރ. މުހައްމަދު ޖަމީލުގެ އަހުމަދުގެ އިރުޝާދުގެ ދަށުން ކުރެއްވިކަމެއްކަމަށް ވަރަށް ބޮޑަށް ބެލެވޭކަމަށެވެ.

މަލީހަކީ ކޯލިޝަން ސަރުކާރުގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ވަޒީރު ކަމުގައި ހުންނެވި ބޭފުޅެކެވެ. ނަމަވެސް މަލީހުގެ މަގާމަކީ އޭރު ޖުމްހޫރީ ޕާޓީގެ ލީޑަރުގެ އެޑްވައިޒަރގެ މަގާމުގައި ހުންނެވި ޑރ. ޖަމީލުގެ މަސްލަހަތުގައި މަލީހަށް ލިބިވަޑައިގެންނެވި މަގާމެއް ކަމަށް އެނގިފައި ވެއެވެ. މިހާރު ޑރ. ޖަމީލު ވަނީ ސަރުކާރު ފަޅި ދޫކުރަށްވައި އިދިކޮޅު ކޯލިޝަނާއި ގުޅިވަޑައިގެންފައެވެ. ޑރ. ޖަމީލަކީ މި ސަރުކާރުގެ ސިޔާސަތު ތަކަށް މިހާރު އެންމެ ބޮޑަށް ފާޑުވިދާޅުވާ އެކަކެވެ.


ކިޔުންތެރިންގެ ހިޔާލު


10

ސޯބިރާއަލީ

17-Nov-2020

ސުމެއްގެ މީހެއް. އަނގަވިއްކަިގެން ކާންދަސްވެފަ ހުރީ.



ޓްރެންޑިން