އަހުމަދު މަސްނޫމް   16 ނޮވެމްބަރު 2020 - 15:2
ހޯރަފުށި އެއަރޕޯޓަށް ޖެއްސި ޓެސްޓް ފްލައިޓް
ހޯރަފުށި އެއަރޕޯޓަށް ޖެއްސި ޓެސްޓް ފްލައިޓް
ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުން ތަރައްޤީކުރި ހޯރަފުށި އެއަރޕޯޓަށް ޓެސްޓް ފްލައިޓް މިއަދު ޖައްސައިފިއެވެ.

ހޯރަފުށި އެއަރޕޯޓަށް ޓެސްޓް ފްލައިޓް ޖައްސާފައިވާއިރު، މިއީ ރާއްޖޭގައި އެންމެ ކުރުމުއްދަތެއްގެ ތެރޭގައި ބިން ހިއްކައިގެން އެއަރޕޯޓެއް ތަރައްގީކޮށް ޓެސްޓް ފްލައިޓް ޖެއްސި އެއަރޕޯޓެވެ. ހޯރަފުށި އެއަރޕޯޓް ރަސްމީކޮށް ހުޅުވުން އޮންނީ މާދަމާއެވެ.



ޓެސްޓް ފްލައިޓް ޖެއްސުމަށް ހޯރަފުށި އެއަރޕޯޓުގައި އޮތް ރަސްމިއްޔާތުގައި އެރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ބައިވެރިވެ، މަރުހަބާކިޔާފައެވެ.

ހޯރަފުށި އެއަރޕޯޓުގައި 1200 މީޓަރު ދިގު 35 މީޓަރު ފުޅާ ރަންވޭއަކާއި 8635 ސްކުއަރ މީޓަރުގެ އޭޕްރަންއެއް އޮވެއެވެ. މިމަޝްރޫޢަށް 198 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، މިއީ ކުރީގެ ސަރުކާރުން ހއ. މާފިނޮޅުގައި ތަރައްޤީކުރަން ނިންމި އެއަރޕޯޓެކެވެ. ނަމަވެސް ރައީސް ޞާލިހުގެ ސަރުކާރުން ނިންމެވީ ހޯރަފުށީގައި އެއަރޕޯޓް ތަރައްޤީކުރުމަށެވެ. މިމަސައްކަތް މިސަރުކާރުން ނިންމާލާފައިވަނީ 576 ދުވަސްތެރޭގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން