ޒަހީނުއްދީން ސަޢީދު   16 ނޮވެމްބަރު 2020 - 13:51
ހުޅުމާލޭ މެޑިކަލް ފެސިލިޓީ
ހުޅުމާލޭ މެޑިކަލް ފެސިލިޓީ
ކޮވިޑް-19 ޖެހިގެން ރާއްޖޭން އިތުރު މީހަކު ނިޔާވެއްޖެއެވެ.

އެޗްޕީއޭ އިން ބުނީ ކޮވިޑް ޖެހިގެން ހުޅުމާލޭ މެޑިކަލް ފެސިލިޓީގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް ނިޔާވީ އުމުރުން 52 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އޭނާ ނިޔާވީ ރޭ 11:32 ގަ އެވެ.

މިއީ މި ބަލީގައި ރާއްޖޭން މަރުވި 44 ވަނަ މީހާ އެވެ. އަދި މިއީ ކޮވިޑްގައި ރާއްޖޭން އިއްޔެ ނިޔާވި ދެ ވަނަ މީހާ އެވެ. އިއްޔެ ފުރަތަމަ ނިޔާވީ އުމުރުން 79 އަަހަރުގެ ފިރިހެނެކެވެ. އެއީ ވެސް ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން އައި މީހެކެވެ.

މި މަހުގެ މިހާތަނަށް ރާއްޖޭން ވަނީ ކޮވިޑް ޖެހިގެން ހަ މީހަކު ނިޔާވެފައެވެ. ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ރޭ ވިދާޅުވީ ހަދަމުން އަންނަ ރިސޯޓަކުންނާއި އެއާޕޯޓްގެ ކާގޯ ޑިޕާޓްމަންޓުން ކޮވިޑްގެ ބޮޑު ކްލަސްޓާއެއް ފެނިފައިވާ ކަމަށެވެ.

އިއްޔެ އިރުއޮއްސި 6:00 އާ ހަމަ އަށް ރާއްޖޭން ކޮވިޑްގެ 12،204 ކޭސް ފެނިފައިވާ ކަމަށް އެޗްޕީއޭ އިން ބުނެ އެވެ. މީގެ ތެރެއިން 11،289 މީހަކު މިހާތަނަށް ވަނީ ރަނގަޅުވެފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން