ކޯވިޑް ޖެހިގެން ރާއްޖެއިން މިއަދުވެސް މީހަކު ނިޔާވެއްޖެއެވެ.

އެޗްޕީއޭއިން ވިދާޅުވީ މިއަދު ނިޔާވީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގެ އައިސީޔޫގައި ފަރުވާދެމުންދިޔަ އުމުރުން 79 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ.

މިއީ ރާއްޖެއިން މިބަލީގައި މަރުވި 43 ވަނަ މީހާއެވެ. ކޯވިޑް ޖެހިގެން މިއަދު މީހަކު މަރުވެފައިވާއިރު، އިއްޔެވެސް ވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގެ އައިސީޔޫގައި ފަރުވާދެމުންދިޔަ 57 އަހަރުގެ ދިވެހި ފިރިހެނެއް ނިޔާވެފައެވެ.

މިހާތަނަށް ރާއްޖެއިން ނިޔާވި މީހުންގެ ތެރޭގައި ހިމެނެނީ 35 ދިވެހިންނާއި 8 ބިދޭސީންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން