ލ.ގަން ލިންކް ރޯޑް
ލ.ގަން ލިންކް ރޯޑް
މިދިޔަ މަހުގެ 29ވަނަ ދުވަހު ހައްދުންމަތީ ލިންކް ރޯޑްގައި ހިނގި އެކްސިޑެންޓްގައި ޒަޚަމްވި ޒުވާނާ ނިޔާވެއްޖެއެވެ.

އެކްސިޑެންޓްގައި ބޮޑެތި ޒަޙަމުތައް ލިބުނު ޒުވާނާ ނިޔާވީ އިތުރު ފަރުވާއަށް މާލެގެނެސް، އައިޖީއެމް ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް މިރޭގެ ވަގުތެއްގައެވެ. އެކްސިޑެންޓްގައި ލިބުނު ޒަޙަމުތަކަށް ފަރުވާދެމުން ދަނިކޮށް ނިޔާވީ ލ. ގަން، މުކުރިމަގު ރުއްކުރި، އުމުރުން 29 އަހަރުގެ އަޙުމަދު ފަހީމެވެ.

މި އެކްސިޑެންޓް ހިނގީ މިދިޔަ މަހުވެ 29ވަނަ ދުވަހުގެ ރޭ 21:30 ހާއިރުގައެވެ. ފުލުހުން ބުނިީ އެކްސިޑެންޓް ހިނގާފައިވަނީ ލ.ގަން މުކުރިމަގު، ލިންކް ރޯޑް ސަރަޙައްދުގައިކަމަށެވެ. އެކްސިޑެންޓް ހިނގީ ލިންކް ރޯޑްގައި ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް ޕިކަޕެއްގެ ފަހަތުގައި ޖެހިގެން ކަމަށް ފުލުހުން ބުނެ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން