ޔޫރޯ ފުޓްބޯޅަ މުބާރާތަށް ކޮލިފައި ވުމުން ހަންގޭރީގެ ކުޅުންތެރިން އުފާފާޅު ކުރަނީ
ޔޫރޯ ފުޓްބޯޅަ މުބާރާތަށް ކޮލިފައި ވުމުން ހަންގޭރީގެ ކުޅުންތެރިން އުފާފާޅު ކުރަނީ
ޔޫރޯ ކޮލިފައިން ޕްލޭއޯފްގައި ރޭ ކުޅުނު މެޗު ކާމިޔާބުކޮށް ހަންގޭރީ މުބާރާތުން ޖާގަ ހޯދައިފިއެވެ.

ޔޫރޯ ކޮލިފައިން ޕްލޭއޯފް ގައި އައިސްލޭންޑް މައްޗަށް ހަންގޭރީ ކުރި ހޯދީ 2-1 ގެ ނަތީޖާއިންނެވެ. މި މެޗުގެ ފުރަތަމަ ގޯލް 11 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ އައިސްލޭންޑްގެ ސިގާޑްސަން އެވެ. ހަންގޭރީން މެޗުގެ ނަތީޖާ ހަމަހަމަކުރީ 88 ވަނަ މިނެޓްގައި ލޮއިން ނެގޯ ޖެހި ގޯލުންނެވެ.

މެޗުން ހަންގޭރީ މޮޅުވި ލަނޑު މެޗުގެ އިތުރު ވަގުތުގައި ކާމިޔާބުކޮށްދިނީ ޑޮމިނިކް ޒޯބޯސްލައީއެވެ. މުބާރާތުގައި ހަންގޭރީ ވާދަކުރާނީ އެންމެފަހުގެ ޗެމްޕިއަން ޕޯޗުގަލް، ފްރާންސް އަދި ޖަރުމަނާ އެއްގުރޫޕެއްގަައެވެ.

މުބާރާތް ކުޅުމަށް ހަމަޖެހިފައިވާ 12 ސިޓީގެ ތެރެއިން މި ގުރޫޕްގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ހަންގޭރީގެ ބުޑަޕެސްޓަގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން