ގާސިމް އިބްރާހިމް
ގާސިމް އިބްރާހިމް
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަކީ އަބަދުވެސް ޤައުމީ މަސްލަހަތު އިސްކުރައްވާ ބޭފުޅެއްކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ ޤާސިމާއި ބެހޭގޮތުން ދެއްކެވި ވާހަކަފުޅަކީ ވަރަށް ބޮޑު ހަގީގަތެއް ކަމުގައި ޖުމްހޫރީ ޕާޓީގެ ނާއިބު ރައީސް އަހުމަދު ސައުދު ވިދާޅުވެއްޖެއެވެ.

ހެލްތު މިނިސްޓަރުގެ މަޤާމަށް ބޭފުޅަކު ގެންނެވުމުގައި ގާސިމް އިބްރާހިމް އިސްކުރެއްވީ ޤައުމީ މަސްލަހަތުކަމަށް ވިދާޅުވެ ދާދިފަހުން އަމިއްލަ ޓީވީ ޗެނަލެއްގައި ރައީސް އިބްރާހީމް ދެއްކެވި ވާހަކަފުޅާއި ގުޅިގެން އެކަމަށް އިޝާރާތްކުރައްވާ ސައުދު ވިދާޅުވީ، އޭރުވެސް މިހާރުވެސް އިސްކުރައްވަނީ، އަދި މުސްތަޤްބަލުގައިވެސް ގާސިމް އިބްރާހިމް ހުރިހާ ކަމެއްގައި ވެސް އިސްކުރައްވާނީ ޤައުމީ މަސްލަހަތުކަމަށެވެ.



ޓީވީ ޕްރޮގްރާމެއްގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވީ ހެލްތު މިނިސްޓަރުކަމުގެ މަޤާމުގައި ހުންނެވި އަބްދުﷲ އަމީން އިސްތިއުފާދެއްވުމުން ހެލްތު މިނިސްޓަރަކަށް ބޭފުޅަކު ގެނައުމުގެ ކަންތައްތަކުގައި ޤާސިމް އިބްރާހީމާ މަޝްވަރާކުރެއްވިކަމަށެވެ. އަދި ޤާސިމް ބޭނުންފުޅުވެވަޑައިގަތީ ޖުމްހޫރީ ޕާޓީގެ ބޭފުޅަކަށް އެ ސްލޮޓް ދެއްވުމަށްކަމަށާއި އަދި ނަންތަކެއްވެސް ފޮނުއްވިކަމަށް ރައީސް ވިދާޅުވިއެވެ.

"ނަން ފޮނުވީމަ ދެން އަނެއްކާވެސް އަޅުގަނޑު ޤާސިމާ ވާހަކަދެއްކިން، އަޅުގަނޑު ދެންނެވިން މިފުރުޞަތު މިފަހަރު އަޅުގަނޑަށް ދޫކޮށްލަދެއްވާށޭ. އެދާއިރާއަކީ ވަރަށް ކައިރިން އަޅުގަނޑު ބަލައިގެން ބަދަލުތަކެއް ގެންނަންޖެހޭ ދާއިރާއެކޭ. އެހެންވީމަ މިކަމުގައި އަޅުގަނޑުގެ ޗޮއިސްއެއް ދެއްވާށޭ. ވިދާޅުވި މައްސަލައެއް ނެތޭ. ޤާސިމް ވިދާޅުވީ ތިމަންނަ ބޭނުމީ ޤައުމުގައި ރަނގަޅުކުރަން ހުރި ކަންކަން އިސްލާހުކޮށް އަޅުގަނޑުމެންގެ މެނިފެސްޓޯ އެންމެ ރަނގަޅަށް ތަންފީޒުކުރެވޭނެ ގޮތަކަށް ކަންތައްތައް ރާވައިގެން ގެންދިއުމޭ. އަދި އަޅުގަނޑަށް ފެންނަ މީހަކު އެމަޤާމަށް ލެއްވުމުގެ ފުރުޞަތު ޤާސިމް އަޅުގަނޑަށް ދެއްވި. އަޅުގަނޑަށް ފެނިގެންދިޔައީ އެބޭފުޅާގެ އަމިއްލަ މަސްލަހަތަށްވުރެ ބޮޑަށް ގައުމީ މަސްލަހަތު އިސްކުރެއްވި މިންވަރު." ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމަށް ތަޢުރީފު ކުރަށްވަމުން ރައީސް އިބްރާހީމް ވިދާޅުވިއެވެ.



ޤާސިމުގެ ނިންމެވުމުގެ ވާހަކަ ރައީސް މީޑިއާއަށް ހާމަ ކުރެއްވުމާއެކު ވަރަށް ގިނަ ބަޔަކު ޤާސިމްގެ މި ނިންމެވުމަށް ތަޢުރީފުކޮށް ވާހަކަ ދައްކަމުން ގެންދާކަން ފާހަގަ ކުރެވެއެވެ. ރައީސްގެ މިނިންމެވުމަކީ ޤާސިމާއި މަޝްވަރާ ނުކުރަށްވައި އަދި ކޯލިޝަންގެ މަސްލަހަތަށް ނުބައްލަވައި ކުރެއްވި ކަމެއް ކަމަށް މީގެކުރިން ބައެއް މީހުންނަށް ގަބޫލުކުރެވިފައި އޮތް ނަމަވެސް ރައީސްގެ މިނިންމެވުމަކީ ޤާސިމްގެ މަޝްވަރާއާއި ރުހުމާއެކު އެޅުއްވި ފިޔަވަޅެއްކަން އެނގުމުން މިމައްސަލައިގައި ފާޑުކިޔަމުން ދިޔަ ވަރަށް ގިނަ މީހުންގެ ވިސްނުން ވަނީ ބަދަލުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން