ފުލުހުންނާ ރައީސް އިބްރާހީމް ބައްދަލު ކުރަށްވަނީ
ފުލުހުންނާ ރައީސް އިބްރާހީމް ބައްދަލު ކުރަށްވަނީ
އެމްޑަބްލިއުއެސްސީ ޕާކިން ޒޯނުން ރޭ ފެނުނީ ނުރައްކާތެރި އެއްޗެއް ނޫންކަން ކަށަވަރުކުރެވިފައިވާ ކަމަށް ފުލުހުންގެ އިދާރާ އިން މިއަދު ބުނެފި އެވެ.

ފުލުހުންގެ އިދާރާއިން މީޑިޔާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ އެމްޑަބްލިއުއެސްސީ ޕާކިން ޒޯނުގައި ރޭ ހަރަކާތްތެރިވެފައި ވަނީ އެތަނުގައި ގޮތް ނޭނގޭ އެއްޗެއް އޮތްކަމުގެ މައުލޫމާތު ލިބުމާއި ގުޅިގެން ކަމަށެވެ. އެކަމަކު އެއީ ނުރައްކާތެރިއެއްޗެއް ނޫންކަން ކަށަވަރުކުރެވިފައިވާ ކަމަށް ފުލުހުން މައުލޫމާތުދެ އެވެެ. 

ރޭ އެމްޑަބްލިއުއެސްސީ ޕާކިން ޒޯން ސަރަހައްދުގައި ހިންގި އޮޕަރޭޝަންގައި ބޮން ސްކޮޑުންނާއި އެމްއެންޑީއެފުން ވެސް ހަރަކާތްތެރިވަމުން ދިޔަކަން ހާމަވާ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި ދައުރުވެފައިވެއެވެ. އެކަމެއް ހިނގާފައި ވަނީ ހަރުކަށި ފިކުރުގެ މީހުންގެ ބަޔަކު ޓެރަރިޒަމްގެ ހަމަލާއެއް ދިނުމަށް މަސައްކަތްކުރާ ކަމުގެ މައުލޫމާތު ލިބިގެން ފުލުހުން އޮޕަރޭޝަނެއް ވެސް ކުރިއަށް ގެންދިޔަ ދަނޑިވަޅެއްގައި ކަން ފާހަގަކޮށްލެވެއެވެ. ރޭ ބަޔަކު ދޭން އުޅުނު ކަމަށް ބުނާ ޓެރަރިޒަމްގެ ހަމަލާ އެއް ހުއްޓުވައި މިހާތަނަށް ހަ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މިދުވަސް ވަރަކީ ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި އެމްޑީޕީއަށް ނިސްބަތްވާ ބައެއް މެންބަރުން ފުލުހުންނަށް ނިސްބަތްކޮށް ވަރަށް ބޮޑަށް ފާޑުކިޔަމުންދާ ދުވަސް ވަރެކެވެ. އަދި ދޭތެރެ ދޭތެރެއިން ފުލުހުންގެ އިންޓެލިޖެންސަށް ލިބޭ މައުލޫމާތު ތަކާއި ގުޅިގެން ރާއްޖޭގައި ޓެރަރިސްޓް ހަމަލާތައް ދޭން އުޅޭ ކަމުގެ ވާހަކަތައް ދެކެވި ވަރުގަދަ އޮޕަރޭޝަންތައްވެސް ފުލުހުން ހިންގަމުން ދެއެވެ. ނަމަވެސް މިފަދަ އެއްވެސް ޓެރަރިސްޓް ގްރޫޕަކާއި ބެހޭ މައުލޫމާތެއް މިހާތަނަށްވެސް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

މިދަނޑިވަޅަކީ ކޮވިޑްގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަން މުޅިން ހުއްޓިފައި އޮތުމަށްފަހު ރާއްޖެއަށް އަލުން ފަތުރުވެރިން ޒިޔާރަތް ކުރަންފަށައިގަނެ ރާއްޖޭގެ ފަތުރުވެރިކަން ރަނގަޅުވާން ފަށާފައިވާ ދުވަސްވަރަކަށްވާއިރު، މިފަދަ ދަނޑިވަޅެއްގައި މާބޮޑު އަސްލެއް ނެތް އެފަދަ ވާހަކަތައް ފެތުރުމުން ރާއްޖޭގެ ފަތުރުވެރިކަމަށް އޭގެ ނޭދެވޭ އަސަރުތައްކޮށް ވަޅުޖެހިފައިވާ ރާއްޖޭގެ އިޤްތިޞާދަށް އިތުރު ހީނަރުކަން ލިބިގެންދާނެ ކަމަށް ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން