ހަރުކަށި ފިކުރުގެ ބަޔަކު ރާވަމުންދިޔަކަމަށް ތުހުމަތުކުރެވޭ ޓެރަރިޒަމްގެ އަމަލުގެ މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މިމައްސަލައިގައި ތ. ތިމަރަފުށިން 31 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާކަމަށެވެ. މިމީހާއެކު މިހާތަނަށް މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ އަދަދު ވަނީ 6 އަށް އަރާފައެވެ. މީގެ ކުރިން ހައްޔަރުކޮށްފައި ވަނީ 20 އަހަރުގެ މީހަކާއި 21 އަހަރުގެ މީހަކާއި 29 އަހަރުގެ މީހަކާއި 18 އަހަރުގެ މީހެއްގެ އިތުރުން 34 އަހަރުގެ މީހެކެވެ. މި އެންމެންނަކީވެސް ދިވެހި ފިރިހެނުންނެވެ.

ފުލުހުން ބުނީ މި މީހުން ހައްޔަރުކޮށްފައިވަނީ މާލެއިންނާއި ކަނޑުމަތީގައި އޮތް ދޯންޏަކުންނާ އަދި ތިމަރަފުށިންކަމަށެވެ.

ހަރުކަށި ފިކުރުގެ ބަޔަކު ރާވަމުންދިޔަކަމަށް ތުހުމަތުކުރެވޭ ޓެރަރިޜަމްގެ އަމަލަކާ ގުޅޭގޮތުން ފުލުހުންގެ އިންޓަލިޖަންސަށް ލިބުނު މައުލޫމާތުގެ މައްޗަށް ބިނާކޮށް އެއަމަލު ހުއްޓުވާފައިވާއިރު، އެކަމާ ގުޅިގެން ފުލުހުން ދަނީ ޚާއްސަ އޮަޕަރޭޝަނެއް މާލެއާއި ތިމަރަފުށީގައި ހިންގަމުންނެވެ.

އޮޕަރޭޝަންގެ މައުލޫމާތު ލިބެމުންދިޔަ ވަރަކުން އިތުރު ތަފްސީލު ހާމަކުރާނެކަމަށް ފުލުހުން ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން