ޓޫރިޒަމް މިނިސްޓްރީގެ ހެލްޕް ޑެސްކެއް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި އިއްޔެ ގާއިމުކޮށްފި އެވެ.

ކޯވިޑް-19 އާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި، ފަތުރުވެރިކަމާބެހޭ ވުޒާރާއިން ހަދާފައިވާ ގައިޑްލައިންތަކުގެ މަޢުލޫމާތު ފަތުރުވެރިންނަށް ފޯރުކޮށްދިނުމާއި، ސިއްހީ ޚިދުމަތްދޭ އިދާރާތަކާއި، ފަތުރުވެރިންނާ ދެމެދު ހިނގާ މުއާމަލާތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމާއި، ފަތުރުވެރިކަމުގެ ޚިދުމަތް ފޯރުކޮށްދޭ ތަންތަނާއި ފަތުރުވެރިންނާ ދެމެދު ދިމާވާ މައްސަލަތަކަށް އަވަސް ހައްލު ހޯދައިދިނުމަށް މި ޑެސްކުގެ ސަބަބުން ފަސޭހަވެގެން ދާނެ ކަމަށް ފަތުރުވެރިކަމާބެހޭ ވުޒާރާއިން މަޢުލޫމާތު ދީފައިވެއެވެ.

މީގެ އިތުރުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނާ ސަރުކާރުގެ އިދާރާތަކާ ދެމެދު ދިމާވާ މައްސަލަތަކުގައި މި ޑެސްކުގެ އެހީތެރިކަން ލިބިގެންދާނެ ކަމަށްވެސް އެ ވުޒާރާއިން ވަނީ ބުނެފައެވެ.

ހެލްޕް ޑެސްކް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ފަތުރުވެރިކަމާބެހޭ ވަޒީރު ޑރ. އަބްދުﷲ މައުސޫމްގެ އިތުރުން އެމްއޭސީއެލްގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

އަލަށް ހުޅުވި ހެލްޕް ޑެސްކް ހުންނަނީ ވެލާނާ އިންޓަނޭޝަނަލް ޓާމިނަލްގެ އެރައިވަލް ހޯލުގެ ކުރިމަތީގަ އެވެ.


ކިޔުންތެރިންގެ ހިޔާލު


8

ނަލަހަނދުވަރު

15-Nov-2020

ތިޑެސްކުންވާނެކަމެއް ނޯންނާނެއެވެ



ޓްރެންޑިން