މަސްވެރިކަމުގެ ދާއިރާގެ ބައެއް މަސައްކަތްތައް ލަސްވަނީ އިގުތިސާދީގޮތުން ކުރިއަރައިގެންދާނެ ގޮތަށް ވިސްނައިގެން އެ މަސައްކަތްތައް ކުރަން ޖެހޭތީ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެެވެ.
ރައީސް މިފަދައިން ވިދާޅުވީ މަސްވެރިންގެ ދުވަހާ ގުޅިގެން، މަސްވެރިންނާ ބައްދަލުކުރެއްވުމަށް ރ. ދުވާފަރުގައި މިއަދު ބޭއްވި މަސްވެރިންގެ ފޯރަމްގައި ވާހަކަފުޅުދައްކަވަމުންނެވެ.
އެގޮތުން ރައީސް ވިދާޅުވީ އެމަނިކުފާނުގެ މެނިފެސްޓޯގައި ހިމެނޭ ބައެއް ކަންކަމަކީ ރާއްޖޭގެ އިގުތިސާދު އެކަމަކަށް ފައްކާވީމަ ކުރެވެން ހުރި ކަންކަން ކަމަށާއި ބައެއް މަޝްރޫއުތަކަކީ ބޭރުގެ ބައެއް ލޯނުތަކާ ގުޅިފައި ހުރި މަޝްރޫއުތައް ކަމަށެވެ.
ކޫއްޑޫގައި ކުރާ މަސައްކަތްތަކާއި އެހެން ތަންތަނުގައި ފެށިފައި ހުރި މަސައްކަތްތައް ނުވަތަ ފަށަން ހުރި ބައެއް މަސައްކަތްތައް ބޭރުގެ އެހީއާ ގުޅިފައި ހުރި ކަމަށާއި އެހެންކަމުން އެކަންކަން ފުރިހަމަކުރުމަށްޓަކައި ވަރަށް ގިނަ ދުވަސްތައް ނަގާފައި ހުންނަ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެއީ ސަރުކާރުން ވަކި ކަމެއް ގޯސްކޮށް ކޮށްގެން ނުވަތަ އެ ފަރާތްތަކުން ކަމެއް ގޯސްކޮށް ކޮށްގެން ދިމާވާ ލަސްތަކެއް ނޫންކަމަށެވެ. އަދި އެއީ ހަމަ އެ އޮންނަ ޑިއު ޕްރޮސެސް ކަމަށާއި، މިއީ ވަކި މަސްވެރިކަމުގެ ދާއިރާއަށް އެކަނި ދިމާވާ މައްސަލަތަކެއް ނޫންކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
ރައީސް ވިދާޅުވީ އައިސްޕްލާންޓުތަކާއި ބައެއް ފެކްޓަރީތަކުގެ މަސައްކަތް ފެށުމުގައި ލަސްތަކެއް އުޅެނީ ބޭރުގެ އެހީތަކާ ގުޅިފައި ހުރުމުން ކަމަށާއި ނަމަވެސް އޭގެ ތެރެއިން ގިނަ މަސައްކަތްތައް ނިމި، މިހާރު ވަނީ އަމަލީ މަރުހަލާއަށް ގޮސްފައި ކަމަށެވެ. އަދި ގިނަ މަސައްކަތްތަކެއްގެ އަމަލީ މަސައްކަތްތައް މިހާރު ފެށިފައިވާކަން ފެނިގެންދާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
އެއީ އެއްގޮތަކަށްވެސް މި އިންޑަސްޓްރީއަށް ފަރުވާކުޑަ ކޮށްގެންވާ ކަމެއް ނޫން. ނޫނީ އަޅައިނުލާ ދޫކޮށްލާފައިވާ ކަމެއްވެސް ނޫން. މި ބައެއް ކަންކަމުގައި މިދެންނެވި ގިނަ ވަގުތު ނަގަނީ އެކަމުގައި އިގުތިސާދީ ގޮތުން ކުރިއަށް ގެންދަން ހުރި ކަންކަމަށް. އިގުތިސާދު ކުރިއަރައިގެންދާނެ ގޮތަށް ވިސްނައިގެން ކުރަންޖެހޭ ކަންކަންވީމަ،" ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ މަސްވެރިން ފާޅުކުރާ ހިޔާލާއި ކަންބޮޑުވުންތަކަކީ ބޭކާރުވެގެންދާ ކަންކަމަށް ވެގެންނުދާނެ ކަމަށާއި އެކަންކަމަށް ސަރުކާރުން ވަރަށް ސަމާލުކަންދީގެން މަސައްކަތް ކުރަމުން ގެންދާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު