އިދިކޮޅު ފަރާތްތަކުން ރާއްޖެ ވިއްކާލާފައިފިޔޭ ކިޔައިގެން ދައްކަނީ ދޮގު ވާހަކަތަކެއްކަމަށް ވިދާޅުވެ ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް ސިޔާސީ ގޮތުން އިދިކޮޅު ފަރާތްތަކަށް ވަރުގަދަ ރަށްދެއް ދެއްވައި ފާޑުވިދާޅުވެއްޖެއެވެ.

ޑރ، އިޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހައަށް ތާޢީދުކޮށް އޭނާ ވާހަކަފުޅުދައްކަވަނީ ވަރަށް ރަނގަޅަށް ހަޤީޤަތް ބަލާފައިކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކުން ރާއްޖެ ވިއްކާލައިފިޔޭ ކިޔައިގެން ދައްކަނީ ހުސް ދޮގު ވާހަކަތަކެއްކަމަށްވެސް އިޔާޒު ވިދާޅުވިއެވެ. އިޔާޒު ވިދާޅުވީ ކިތަންމެ ރުޅި އަޔަސް އަދުލުވެރިކަން ދޫކޮށްލައިގެން ނުވާނެކަމަށެވެ.



ޑރ. އިޔާޒު ވިދާޅުވީ މިސަރުކާރުން ދީނީ އިލްމުވެރިންނަށް ފުރިހަމަ ބާރު ދީފައިވާކަމަށެވެ. އަދި އިލްމުވެރިން ރައީސްއާ ބައްދަލުކުރައްވަން އެދިވަޑައިގަތުމުން ވަގުތުން އެކަމަށް ވަގުތު ހުސްކުރައްވާ، އިލްމުވެރިންގެ ކަންބޮޑުވުންތައް އަޑު އައްސަވާ، ހައްލު ހޯއްދަވައިދެއްވާނެކަމަށް ވިދާޅުވިކަމަށް އިޔާޒު ވިދާޅުވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމްވެސް އިލްމުވެރިންނާ ގާތް ގުޅުމެއް ބާއްވަވާކަމަށް ޑރ. އިޔާޒު ވިދާޅިވިއެެވެ.



އިޔާޒު ވިދާޅުވީ ކޮންމެ ބޭފުޅަކު ވެރިކަމުގައި ހުންނެވިޔަސް، ނުރަނގަޅުކަމެއް ހިނގާނަމަ އެކަމެއް ފާހަގަކުރަން ފަސްޖެހިވަޑައި ނުގަންނަވާނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު