ފުލުހުންގެ އޮޕަރޭޝަނެއްގެ ތެރެއިން
ފުލުހުންގެ އޮޕަރޭޝަނެއްގެ ތެރެއިން
ފުލުހުން ކަމަށް ބުނެ މާލޭގެ ގެސްޓްހައުސްއަކަށް ބަޔަކު ވަދެ ފޭރުނު މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުން ބުނީ ފަރިވާ ސްޓޭ އަށް ތިން މީހަކު ވަދެ އެތަނުގައި ތިބި ތިން މުވައްޒަފެއްގެ އަތުގައި ކްލިޕް އެޅުވުމަށް ފަހު އެތަނުން ބައެއް ތަކެތި ފޭރިގެން ގެންދިޔަ މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ.

ފޭރުނުމީހުން އެތަނަށް ވަނުމަށްފަހު، އެމީހުންނަކީ ފުލުހުންގެ އިންޓެލިޖެންސް ކަމަށް ބުނެފައިވާ ކަމަށާއި އެ މައްސަލަ ތަޙްޤީޤު ކުރަމުން ގެންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މިމައްސަލަ އާއި ގުޅިގެން އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައިވާ ކަމަކަށް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ފަހަކަށް އައިސް މާލޭގައި ފޭރުމުގެ މައްސަލަތައް އިތުރުވެފައިވާކަން ވަނީ ފާހަގަކުރެވިފައެވެ. އެގޮތުން ރޫޓް ފިހާރައިގެ 4 މިލިއަން ރުފިޔާ ފޭރެން އުޅުނު ބައެއްގެ މައްސަލަވެސް ފުލުހުން މިހާރު ދަނީ ބަލަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން