ސަލްޓަން ޕާކު
ސަލްޓަން ޕާކު
ކޯވިޑް ފެތުރެން ފެށިފަހުން ބަންދުކުރި ސަލްޓަން ޕާކު އަންނަ ހޮނިހިރުދުވަހު އަލުން ހުޅުވަން ނިންމައިފިއެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ ސަލްޓަން ޕާކު ހުޅުވާލާނީ އެޗްޕީއޭގެ މިންގަނޑުތަކާ އެއްގޮތަށްކަމަށާއި އަދި ޕާކު ފުރަތަމަ ހުޅުވާލާނީ އުމުރުން ދުވަސްވީ މީހުންނަށް ޚާއްސަކޮށްގެންކަމަށެވެ. އަދި ޕާކަށް ކުޑަކުދިން ގެންދިއުމާ ގުޅޭގޮތުން ގޮތެއް ނިންމާނީ އެޗްޕީއޭއިން އެކަމާމެދު ގޮތެއް ނިންމެވުމުންކަމަށް ސިޓީ ކައުންސިލުން ބުނެފައި ވެއެވެ.

ކޯވިޑްއާ ގުޅިގެން މާލެ ސަރަހައްދުގެ ހުރިހާ ޕާކްތަކާއި މައިޒާންތައް އާންމުންނަށް ބަންދުކޮށްފައި ވަނީ މާރޗްމަހުގެ 13 ވަނަ ދުވަހުއެވެ. އަދި ކޯވިޑް-19 ގެ ހާލަތަށް ބެލުމަށްފަހު ޕާކްތައް އަލުން ހުޅުވާއިރު އެތަންތަނަށް މާސްކުއަޅައިގެން ދިއުމާއި، ކޮންމެ ދުވަހަކު އެއްފަހަރު އެތަންތަން ސާފުކުރަންޖެހޭގޮތަށް ވަނީ ކަނޑައަޅާފައެވެ.

އެޗްޕީއޭއިން ކަނޑައަޅާފައިވާ އުސޫލުގައިވާ ގޮތުން ރައްކާތެރިވުމާ ގުޅޭ މަޢުލޫމާތާއި ޢަމަލުތައް ބަހައްޓަންވީގޮތުގެ އިރުޝާދުތައް ޕާކު ނުވަތު މައިޒާނަށް ވަންނަ ދޮރު ކައިރީގައާއި އަދި ތަނުގެ އެތެރޭގައި ފެންނަގޮތަށް ބަހައްޓަންޖެހެއެވެ.

ވީރާނާވެފައިވާ ކުރީގެ ސަލްޓަން ޕާކު ރައީސް ޔާމީންގެ ސަރުކާރުން އަލުން ތަރައްޤީކުރުމަށްފަހު ރަސްރަނި ބަގީޗާގެ ނަމުގައި ހުޅުވިނަމަވެސް، މިސަރުކާރުން ވަނީ މިދިޔަ އަހަރުގެ ތެރޭގައި އެޕާކުގެ ނަން އަލުން ސަލްޓަން ޕާކުގެ ނަމަށް ބަދަލުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން