އަހުމަދު ޝަރީފް
އަހުމަދު ޝަރީފް
ރެސިޑެންޓް ވިސާ ދިނުމަކީ ކުރަންޖެހޭ ކަމެއް ކަމަށާއި، އެކަމަކު ވިސާ ދޭންވާނީ އަތޮޅުތެރެއަށް އިންވެސްޓްކުރާ ފަރާތްތަކަށްކަމަށް ސައިރިކްސް ގްރޫޕުގެ ޗެއަރމަން އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި 2 ލައްކަ 50 ހާސް ޑޮލަރު އިންވެސްޓްކުރާ ބޭރުގެ ފަރާތްތަކަށް ރެސިޑެންޓް ވިސާ ދިނުމަށް ކަނޑައަޅައި އިމިގްރޭޝަން ގާނޫނަށް ގެނައި ބަދަލުތަކާ ގުޅޭގޮތުން ކުރެއްވި ޓްވީޓެއްގައި ޝަރީފް ވިދާޅުވީ ރެޒިޑެންޓް ވިސާ ދޭންވާނީ ރާއްޖޭގެ ކަނޑައެޅޭ ވަކި އަތޮޅުތަކެއްގައި އިންވެސްޓްކުރާ މީހުންނަށްކަމަށެވެ. އޭގެ ސަބަބުން އެސަރަހައްދުތައް ތަރައްގީވެގެންދާނެކަމަށް ޝަރީފް ވިދާޅުވިއެވެ.

"ފުރަތަމަ އަޖުމަ ބެލުމަށް ވަކި އަތޮޅެއް ހުޅުވާލާފައި ނަތީޖާއަށް ބެލުމަށްފަހު ދެވަނަ އަތޮޅެއް ހުޅުވާލާނީ." ޝަރީފް ވިދާޅުވިއެވެ.



ތައުލީމީ ދާއިރާއިންވެސް ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކުރައްވާ ޝަރީފް ވިދާޅުވީ ރެސިޑެންޓް ވިސާ ދިނުމުގައި އެކި ގައުމުތަކުގެ ނެޝަނަލްޓީއަށް ވަކި އަދަދެއްގެ ކޯޓާ ކަނޑައެޅުން މުހިއްމުކަމަށެވެ. އަދި ރެސިޑެންޓް ވިސާ ދިނުމުގައި މީހާގެ ތައުލީމީ ފެންވަރާއި ގާބިލްކަމަށް އިސްކަންދީ، އެމީހެއްގެ ސަބަބުން ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުވާނޭތޯ ބަލަންޖެހޭކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.



ޝަރީފް އިތުރަށް ވިދާޅުވީ ރެސިޑެންޓް ވިސާ ދިނުމުގައި ގައުމުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ބަލަންޖެހޭ ކަންތައްތަކަށް ސަމާލުކަން ދޭންވާނޭކަމަށެވެ.

"ރެސިޑެންޓް ވިސާ ދޭން ފެށުމުން ދުނިޔޭގެ ބޮޑެތި ކުށްވެރިން ފިލަން އަންނަ ތަނަކަށް ރާއްޖެ ވެދާނެ. އެހެންކަމުން ރެސިޑެންޓް ވިސާ ދޭ ހަމައެކަނި އުސޫލަކީ ދެލައްކަ ފަންސާސް ހާސް ޑޮލަރު އިންވެސްޓްކުރުންކަމުގައި ވެގެން ނުވާނެ. އެފަދަ ހުރިހާ މީހުންގެ ހަރަކާތްތައް ބެލޭނޭ ގޮތެއް ހަދަންޖެހޭނެ." ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ އަތޮޅުތަކަށް އިންވެސްޓްކުރާ މީހުންނަށް ރެސިޑެންޓް ވިސާ ދިނުމުގައިވެސް އުސޫލުތަކެއް ގެންގުޅެންޖެހޭނެކަމަށެވެ.



"ރާއްޖޭގެ ވަކި އަތޮޅުތަކެއް ކަނޑައަޅާ، އެތަންތަނަށް އިންވެސްޓްކުރާ މީހުންނަށް ރެސިޑެންޓް ވިސާ ދެވިދާނެ. އަދި 250 ހާސް ޑޮލަރުގެ ފްލެޓެއް ގަތީމަ ވިސާ ދެވިދާނެ. އަދި އިންވެސްޓްކުރި އަތޮޅު ނޫން އެހެން އަތޮޅަކަށް އިންވެސްޓްކުރުމަށް 5 އަހަރުގެ ގްރޭސް ޕީރިއަޑެއް ދެވިދާނެ" ޝަރީފް ވިދާޅުވިއެވެ.



ޝަރީފް ވަނީ އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓަށްވެސް ވަރަށް ބޮޑަށް ތައުރީފްކުރަށްވައި ވާހަކަފުޅު ދައްކަވާފައެވެ. ޝަރީފް ވިދާޅުވީ އިގްތިސާދުގެ އިންޖީން ހިނގަ ހިނގާ ހުންނާނީ ބަޖެޓް ބޮޑުކޮށް، އާމްދަނީ ހޯދާނެ ގިނަ ފުރުސަތު ހުޅުވާލައިގެންކަމަށެވެ. އަދި މުސާރަ ދެވޭ މީހުންގެ ޕާފޯމަންސް އިތުރުކޮށް، ވީހާ ގިނަ ވިޔަފާރި އުފައްދާ، ޒުވާން ވިޔަފާރިވެރިން އިތުރުކުރަންޖެހޭކަމަށް ޝަރީފް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު


-2

ގުބްޑާ

14-Nov-2020

މީ އަދި ކާކުތަ? ތަގޭ މުދަލައް ނުނޭ ދެވިދާނެއައު ކޭކަށް. ތަގޭ އަތަޅަ ގެރިއަށް ވިއްކައި ނިމިގެ. ތޯ އެނގޭ ކަމަށަސް ނިހެދެއި. އަނގަ ނގަޅައި އެބިހިށު.


-5

ޝަރީފް

14-Nov-2020

ޝުކުރިއްޔާ ރަސް.އެމް.ވީ . ރަސް މި އަހަރެން ހިންގާ ނޫހެއް އެހެންވީ އަހަރެން ހާޖަތައް ދިޔަޔަސް ވާނެ ބުރޭކް ކުރަން. އެކަމު ދެރަ ކަމަކީ މި ޝަރީފް މި ކާކު ކަމެއްވެސް މި ދިވެހިންނަކަށް ނޭގެ. 😂😂😂



ޓްރެންޑިން