ފުލުހުންގެ އޮޕަރޭޝަނެއްގެ ތެރެއިން
ފުލުހުންގެ އޮޕަރޭޝަނެއްގެ ތެރެއިން
ހަރުކަށި ފިކުރުގެ ބަޔަކު ރާވަމުންދިޔަކަމަށް ތުހުމަތުކުރެވޭ ޓެރަރިޜަމްގެ އަމަލެއް ހުއްޓުވައި، އެކަމާ ގުޅުންހުރި ބަޔަކު ހައްޔަރުކޮށް ހާއްސަ އޮޕަރޭޝަނެއް ފަށައިފި ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ދާދި ދެންމެ ކޮށްފައިވާ ޓްވީޓެއްގައި ވަނީ، ހަރުކަށި ފިކުރުގެ ބަޔަކު ރާވަމުންދިޔަކަމަށް ތުހުމަތުކުރެވޭ ޓެރަރިޜަމްގެ އަމަލަކާ ގުޅޭގޮތުން ފުލުހުންގެ އިންޓަލިޖަންސަށް ލިބުނު މައުލޫމާތުގެ މައްޗަށް ބިނާކޮށް އެއަމަލު ހުއްޓުވާފައިވާ ކަމަށެވެ. އަދި އެކަމާ ގުޅިގެން ބަޔަކު ހައްޔަރުކޮށް، އޮޕަރޭޝަނެއް ފަށައިގެން ކުރިއަށް އެބަގެންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.



މި އޮޕަރޭޝަންގައި ފުލުހުން ހަރަކާތްތެރިވަމުންދަނީ މާލެ އާއި މާލެ އަތޮޅު ކަނޑުމަތީގެ އިތުރުން ތ. ތިމަރަފުށީގައެވެ. ފުލުހުން ބުނީ މި އޮޕަރޭޝަންގައި މާލެ އިން މީހަކު، ކަނޑުމަތީގައި އޮތް ދޯންޏަކުން 3 މީހަކު އަދި ތިމަރަފުށިން މީހަކު މިހާތަނަށް ހައްޔަރުކޮށްފައިވާ ކަމަށެވެ.

އޮޕަރޭޝަންގެ މައުލޫމާތު ލިބެމުންދިޔަ ވަރަކުން އިތުރު ތަފްސީލު ހާމަކުރާނެ ކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން