ތެލެސީމިއާއަށް ފަރުވާ ހޯދާކަން އަންގައިދޭ ކާޑު އޮންނަ ފަރާތްތަކަށާއި، އެ ފަރާތްތަކުގެ އެހީތެރިއަކަށް ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ގެ ޚިދުމަތްތައް މުޅިން ހިލޭ ލިބޭނެ އިންތިޒާމު ހަމަޖައްސައިފި ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
އެމްޓީސީސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، 29 ނޮވެންބަރު 2026 ވާ އާދިއްތަ ދުވަހުން ފެށިގެން، ތެލެސީމިއާއަށް ފަރުވާ ހޯދާކަން އަންގައިދޭ ކާޑު އޮންނަ ކޮންމެ މީހަކަށާއި އެމީހެއްގެ އެހީތެރިއަކަށް އާރްޓީއެލް ފެރީ އަދި ބަހުގެ ޚިދުމަތްތަކުގައި މުޅިން ހިލޭ ދަތުރުކުރެވޭނެ ކަމަށެވެ.
މި ނިންމުމަކީ ފަރުވާ ހޯދުމަށް ދަތުރުފަތުރުކުރަންޖެހޭ ފަރާތްތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމެކެވެ.
ރާއްޖޭގައި ދަތުރުފަތުރުގެ ޚިދުމަތް ފޯރުކޮށްދޭ އެންމެ ބޮޑު ކުންފުނީގެ ހައިސިއްޔަތުން އެމްޓީސީސީން ބުނީ، އެ ކުންފުނީގެ މައިގަނޑު އަމާޒަކީ މުޖުތަމަޢުގެ ހުރިހާ ފަރުދުންނަށްވެސް، ޚާއްޞަކޮށް ޚާއްޞަ އެހީއާއި އަޅާލުން ބޭނުންވާ ފަރާތްތަކަށް ލުއިފަސޭހަކަމާއެކު ބޭނުންކުރެވޭނެ ފަދަ، އިތުބާރުހުރި ކަނޑާއި އެއްގަމުގެ ދަތުރުފަތުރުގެ ނިޒާމެއް ފޯރުކޮށްދިނުން ކަމަށެވެ.
މި ޚިދުމަތާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވާ ފަރާތްތަކުން އެމްޓީސީސީގެ ހޮޓްލައިން ނަންބަރު 1650 ނުވަތަ 7369221 އަށް ގުޅުއްވުމަށް އެ ކުންފުނިން ވަނީ އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު