ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ހިންގަމުން އައި ހުރިހާ މަޝްރޫއުތަކެއްގެ ޒިންމާ ރަސްމީކޮށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން އުފުލަން ފަށައިފިއެވެ.
އެމްޓީސީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ސަރުކާރުން އެމްޓީސީސީގެ ދަށަށް އާރުޑީސީ ގެނައުމަށް ނިންމާފައިވާ ނިންމުމާ އެއްގޮތަށް، އެ ކުންފުނީގެ އެންމެހައި މަސައްކަތްތައް މިހާރު ކުރިއަށް ގެންދަނީ އެމްޓީސީސީގެ ސީދާ ބެލުމުގެ ދަށުން ކަމަށެވެ. އެހެންކަމުން މީގެ ކުރިން އާރުޑީސީން ކުރިއަށް ގެންދިޔަ އެންމެހައި މަސައްކަތްތައް ދެން ކުރިއަށް ގެންދާނީ އެމްޓީސީސީން ކަމަށާއި، އެ މަޝްރޫއުތަކުގެ އެންމެހާ ޒިންމާތައް އުފުލާނީ ވެސް އެ ކުންފުނިން ކަމަށް އެމްޓީސީސީން ވަނީ ހާމަކޮށްފައެވެ.
މި ބަދަލާއެކު، އާރުޑީސީން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ގެންދިޔަ 279 މަޝްރޫއެއް މިހާރު ވަނީ އެމްޓީސީސީގެ ދަށަށް ބަދަލުކޮށްފައެވެ. އަދި އާރުޑީސީގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފުން އެމްޓީސީސީގެ އިދާރީ އޮނިގަނޑުގެ ތެރެއަށް ބަދަލުކުރުމުގެ މަސައްކަތް ވެސް މިހާރު ދަނީ ބާރަށް ކުރަމުންނެވެ.
މި ބަދަލަކީ ސަރުކާރުގެ ކުންފުނިތައް ރީސްޓްރަކްޗަރ ކުރުމުގެ ސިޔާސަތުގެ ދަށުން ގެނައި ބަދަލެކެވެ. އެއް ބާވަތެއްގެ މަސައްކަތްތަކެއް ދެ ކުންފުންޏަކުން ކުރުމުގެ ބަދަލުގައި، ދައުލަތުގެ ޚަރަދުތައް ކުޑަކޮށް، ތަރައްގީގެ މަޝްރޫއުތައް މިހާރަށްވުރެ ހަލުވި ދުވެއްޔެއްގައި ކުރިއަށް ގެންދިއުމުގެ މަގުސަދުގައި، އާރުޑީސީ އުވާލައި އެމްޓީސީސީއާ އެއްކޮށްލަން ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރެއްވީ 7 ސެޕްޓެމްބަރު 2026 ގައެވެ.
މި ނިންމެވުމާ ގުޅިގެން، 15 އޮކްޓޯބަރު 2026 ގައި ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ވަނީ އާރުޑީސީގެ މެނޭޖިންގ ޑިރެކްޓަރު ކަމުގެ މަގާމުގައި ހުންނެވި އިބްރާހީމް ނަޒީމް މަގާމުން ވަކިކުރައްވައި، އެ ކުންފުނި ހިންގުން އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ސައުދީއާ ހަވާލުކުރަށްވާފައެވެ.
ސަރުކާރުން މި ފިޔަވަޅު އަޅާފައި މިވަނީ މާލީ ގޮތުން އާރުޑީސީއަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން ޕީސީބީގެ ރިޕޯޓްތަކުން ދައްކާގޮތުން މިދިޔަ އަހަރުގެ އެންމެ ކުއާޓަރެއްގެ ތެރޭގައިވެސް އާރުޑީސީއަށް ވަނީ 113.73 މިލިއަން ރުފިޔާގެ ބޮޑު ގެއްލުމެއް ވެފައެވެ. ސަރުކާރުން ބުނެފައިވަނީ ދެ ކުންފުނި އެއްކޮށްލުމުން މަސައްކަތުގެ ޚަރަދު ކުޑަވެ، ހިންގުން ހަރުދަނާވެގެން ދާނެކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު