މާލޭގައި ފުޅާ ދާއިރާއެއްގައި ބަނގުރާ ވިއްކާ ބޮޑު ނެޓްވޯކަކުން އަތުލައިގަތް ބިދޭސީންގެ ތެރެއިން ދެ މީހަކު ޝަރުތުތަކާއެކު ބަންދުން ދޫކޮށްލައިފިއެވެ.
ފުލުހުންގެ ކައުންޓަ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް ގުޅިގެން މިދިޔަ އޮކްޓޯބަރު މަހު ހިންގި އޮޕަރޭޝަނެއްގެ ތެރެއިން ހެންވޭރު މާދޫގެ ބަލައި ފާސްކޮށް އެ ގެއިން ޖުމްލަ 826 ފުޅި ބަނގުރާ އަތުލައިގަނެ، ބަންގްލަދޭޝްގެ ތިންމީހަކު ހައްޔަރުކުރިއެވެ. ފުރަތަމަ 15 ދުވަހަށް ބަންދުކުރުމަށް ފަހު ފަހުން އެ މީހުން ބަންދުކުރީ 30 ދުވަހަށެވެ.
މި މީހުންގެ ބަންދާމެދު ގޮތެއް ނިންމަން މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ކޯޓުން އަލް އަމީން(34އ.) އަދި ޕޮލިން(43އ.) އަހަރު ޝަރުތުތަކާއެކު ބަންދުން ދޫކޮށްލައިފައެވެ. އެގޮތުން ދެ މީހުން ރަށުން ބޭރަށް ދިއުން މަނާކޮށް ޕާސްޕޯޓް ވަނީ ހިފަހައްޓައިފައެވެ.
މި މައްސަލައިގައި ހައްޔަރުކުރި އެމްޑީ ރަކިބް ހޮސެން(25އ.)ގެ ބަންދުވެސް މިއަދު ހަމަވާއިރު އޭނާގެ ބަންދާމެދު ނިންމި ގޮތެއް ސާފެއް ނުވެއެވެ.
ކޯޓު އަމުރުން އެނގޭ ގޮތުގައި، ޕޮލިން އަކީ އެތަނުގެ ސުޕަވައިޒަރެވެ. އަދި އެތަނުން ބަނގުރާ ޑެލިވަރީ ކުރުމުގެ ކަންކަން ހަވާލުކުރަނީ އޭނާއާ ކަމަށް މައްސަލައިގެ އިންވެސްޓިގޭޓިންގ އޮފިސަރު (އައިއޯ) ވަނީ ފާހަގަކޮށްފައެވެ. ނަމަވެސް ޕޮލިން ކޯޓުގައި ބުނެފައިވަނީ އޭނާއަކީ އެތަނުގައި ހިންގާ އޮފީހެއްގެ މުވައްޒަފެއް ކަމަށާއި، އެތަނަށް ވަދެނުކުމެ ހެދެނީ ވަޒީފާގެ ގޮތުން ކަމަށެވެ. އަނެއް ތުހުމަތުވާ އަލް އަމީން އަކީ ބަނގުރާ ޑެލިވަރީ ކުރުމާއި ފައިސާގެ މުއާމަލާތްތައް ހިންގުމުގައި އިސްކޮށް އުޅޭ މީހެއް ކަމަށް އޭނާ އަމިއްލައަށް ސީންގައި އެއްބަސްވެފައިވާ ކަމަށް ފުލުހުންގެ ބަޔާނުގައިވެއެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި، މި އޮޕަރޭޝަނުގައި އަތުލައިގަތް ބަނގުރާ ފުޅިތައް ހުރީ އެގޭގެ ސްޓޯ ރޫމެއްގެ އެކި ދިމާލުގައި ވަރަށް ހާމަކަން ބޮޑު ގޮތެއްގައި ބަހައްޓާފައެވެ. އަދި ބައެއް ފުޅިތައް އެކި ބްރޭންޑްތަކުގެ ނަންތައް ޖަހާފައިވާ ކާޓަން ފޮށިތަކުގައި ބަންދުކޮށްފައި ހުއްޓެވެ.
ބަނގުރާ ވިއްކުމުގެ ނެޓްވޯކުގައި އިސްކޮށް އުޅުނު ހ. ކަރޯގޭ، މުހައްމަދު ރަޝްވާން އައްބާސްވެސް ހައްޔަރުކޮށް މިހާރު ހުރީ ބަންދުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު