ވިޔަފާރީގެ ދާއިރާއިން ހޯއްދަވާފައިވާ ބޮޑެތި ކާމިޔާބީތަކާއި އިންސާނިއްޔަތަށް ފޯރުކޮށްދެއްވާފައިވާ އަގުހުރި އެހީތެރިކަން ފާހަގަކޮށް، ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ އަދި ވިލާ ގްރޫޕާއި ވިލާ ފައުންޑޭޝަންގެ ބާނީ ޤާސިމް އިބްރާހީމަށް "އޭޝިއާސް ބެސްޓް އެންޓަޕްރެނާ ފިލަންތުރޮޕިސްޓް 2026" އެވޯޑް އަރުވައިފިއެވެ.
މި އެވޯޑް ޤާސިމް އިބްރާހީމަށް އަރުވާފައިވަނީ އޭޝިއާ ސެންޓަ ފޯ އެންޓަޕްރެނާޝިޕް (އޭސީއީ) އިން އިންތިޒާމުކޮށްގެން ރޭ މެލޭޝިއާގެ ޕުތުރަޖާޔާގައި ހުންނަ ޕަރްދާނާ ލީޑަޝިޕް ފައުންޑޭޝަންގައި ބޭއްވި "އޭސީއީ އައިކަންސް އެވޯޑްސް 2026" ރަސްމިއްޔާތުގައެވެ.
މި ރަސްމިއްޔާތުގައި ޤާސިމް އިބްރާހީމްގެ ފަރާތްޕުޅުން އެވޯޑާ ހަވާލުވެވަޑައިގަތީ އެމަނިކުފާނުގެ ދަރިކަލުން ޢުމަރު އަރްކާން ޤާސިމެވެ. މި ރަސްމިއްޔާތުގައި މެލޭޝިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ދިވެހިރާއްޖޭގެ ހައިކޮމިޝަނަރު ޑރ. މަރިޔަމް ޝަބީނާ އަޙްމަދު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ޤާސިމް އިބްރާހީމްގެ އިތުރުން މި ޝަރަފުވެރި އެވޯޑް އޭޝިއާ ސަރަޙައްދުގެ ފާހަގަކޮށްލެވޭ އިތުރު ހަތަރު ވިޔަފާރިވެރިއަކަށް ވެސް ވަނީ އަރުވާފައެވެ. މީގެއިތުރުން، މި ރަސްމިއްޔާތުގައި މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ޓުން ޑރ. މަހާތީރު މުޙައްމަދަށް ވަނީ "ފާދަ އޮފް އެންޓަޕްރެނާޝިޕް ޑިވެލޮޕްމަންޓް، މެލޭޝިއާ" ގެ ޝަރަފުވެރި ލަޤަބު އަރުވާފައެވެ.
ޤާސިމް އިބްރާހީމަކީ 1976 ވަނަ އަހަރުން ފެށިގެން ވިޔަފާރީގެ މައިދާނުގައި ހަރަކާތްތެރިވެ ވަޑައިގަންނަވާ ބޭފުޅެކެވެ. ވޭތުވެދިޔަ ދިގު މުއްދަތުގެ ތެރޭގައި ފަތުރުވެރިކަމާއި އެކި ދާއިރާތަކަށް ވިޔަފާރި ފުޅާކުރައްވައި، ރާއްޖޭގެ އަމިއްލަ ވިޔަފާރީގެ އެންމެ ވަރުގަދަ އެއް ކުންފުނީގެ މަޤާމު އެމަނިކުފާނުގެ "ވިލާ" ކުންފުނި ވަނީ ހޯދާފައެވެ. ވިޔަފާރީގެ އިތުރުން، އެމަނިކުފާނު އުފެއްދެވި ވިލާ ފައުންޑޭޝަން މެދުވެރިކުރަށްވައި އެތައް ހާސް ދިވެހި ރައްޔިތުންނަކަށް ހިލޭ ބޭސްފަރުވާއާއި މަތީ ތަޢުލީމުގެ ސްކޮލަޝިޕްގެ ފުރުސަތުތައްވެސް ޤާސިމްގެ އަމިއްލަ ޚަރަދުގައި ގެންދަވަނީ ފަހިކޮށްދެއްވަމުންނެވެ.
ދިވެހި ދައުލަތުގެ ކުރީގެ ފިނޭންސް މިނިސްޓަރުކަމާއި، އެމްއެމްއޭގެ ގަވަރުނަރު ކަމާއި، ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ރައީސްކަން ވެސް ކުރަށްވާފައިވާ، އަދި މިހާރުވެސް މާމިގިލީ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ހުންނެވި ޤާސިމް އިބްރާހީމް ޤައުމަށް ކޮށްދެއްވާފައިވާ ޚިދުމަތްތަކުގެ އަގުވަޒަންކުރަށްވައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ޖުލައި 2025 ގައި ދިވެހި ދައުލަތުގެ އެންމެ މަތިވެރި އެއް ޢިއްޒަތް ކަމަށްވާ، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބު (ނޢޢވ) ޤާސިމް އިބްރާހީމަށް އަރުވާފައެވެ.

ކިޔުންތެރިންގެ ހިޔާލު