އަވަށްޓެރި ބަންގްލަދޭޝްގައި ހިންދޫންނަށް އަމާޒުކޮށް ހިންގަމުންދާ ކަމަށް ބުނާ އަނިޔާވެރި ޢަމަލުތަކުގެ ބަދަލުހިފުމެއްގެ ގޮތުން، އަންނަ ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހުގެ ކުރިން އިންޑިއާއިން އެ ޤައުމު ހިފާނެ ކަމަށް ވިދާޅުވެ، އިންޑިއާގެ ވެސްޓް ބެންގާލްގެ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) ގެ އިސް ލީޑަރެއް ކަމަށްވާ އަރުޖުން ސިންގް ވަރުގަދަ ބަޔާނެއް ދެއްވައިފިއެވެ.
ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހަކީ 1971 ވަނަ އަހަރުގެ މިނިވަންކަމުގެ ހަނގުރާމައިގައި ޕާކިސްތާނުގެ ސިފައިން ބަލިވެ، އަމާންދިނުމާ ގުޅިގެން މިނިވަން ޤައުމެއްގެ ގޮތުގައި ބަންގްލަދޭޝް އުފެދުނު ތާރީޚީ ކާމިޔާބީ ފާހަގަކުރުމަށް އެ ޤައުމުގައި "ނަޞްރުގެ ދުވަސް" ފާހަގަކުރާ މުހިންމު ތާރީޚެވެ.
ބާޓްޕާރާގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން އަރުޖުން ސިންގް ވިދާޅުވީ، ޑިސެމްބަރު 16 ގެ ކުރިން ބަންގްލަދޭޝް އިންޑިއާގެ ބާރުގެ ދަށަށް ގެންނާނެ ކަމަށާއި، މިހާރުގެ ޙާލަތަށް ބަލާއިރު ބަންގްލަދޭޝްއަށް ދެން އިތުރު އެއްވެސް ޢުޛުރެއް ދެއްކުމުގެ ޖާގައެއް ނެތް ކަމަށެވެ. އަދި އެ ޤައުމުގައި ހިންދޫން މަރަމުންދާ މައްސަލައިގައި ކަށަވަރުންވެސް ބަދަލުހިފާނެ ކަމަށް އޭނާ ތަކުރާރުކޮށް ފާހަގަކުރެއްވިއެވެ.
އަރުޖުން ސިންގް މި މޭރުމުން ވާހަކަދައްކަވާފައި މިވަނީ، ދަރިވަރުން އިސްވެ ކުރި ވަރުގަދަ މުޒާހަރާތަކަކާ ގުޅިގެން 15 އަހަރުގެ ދިގު ވެރިކަން ވެއްޓި، ޤައުމު ދޫކުރައްވައި ފިއްލަވައިގެން ވަޑައިގެންނެވިތާ 16 މަސް ފަހުން، އަންނަ ޑިސެމްބަރު 16 ގައި ޑާކާއަށް އެނބުރި ވަޑައިގަންނަވަން ޤަޞްދުކުރައްވާކަން ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝެއިޚް ޙަސީނާ އިޢުލާން ކުރެއްވިތާ އެއް ދުވަސް ފަހުންނެވެ.
އުމުރުފުޅުން 79 އަހަރުގެ ޙަސީނާގެ ތަރުޖަމާނު ސައިދު މުޒައްމިލް ޢަލީ ވިދާޅުވީ، ނިއު ދިއްލީން ބަންގްލަދޭޝްގެ ޤައުމީ އެއާލައިން މެދުވެރިކޮށް އެނބުރި ވަޑައިގަތުމުގެ އިންތިޒާމުތައް ހަމަޖައްސައިދިނުމަށް އެދިވަޑައިގެން ބަންގްލަދޭޝްގެ މިހާރުގެ ސަރުކާރަށް ހުށަހަޅުއްވާފައިވާ ކަމަށެވެ.
ޙަސީނާގެ މި ނިންމެވުމާ ގުޅިގެން ޑާކާގައި ވަނީ ސިޔާސީ ގޮތުން ބޮޑެތި ނުތަނަވަސްކަންތައްތަކެއް އުފެދިފައެވެ. ބަންގްލަދޭޝް ސަރުކާރުން މިކަމަށް ރައްދުދެމުން ހާމަކޮށްފައިވަނީ، ޙަސީނާ އެ ޤައުމަށް ގެންނާނީ "ބިޑިއަޅުވައިގެން" ކަމަށާއި، ބޭރު ޤައުމުތަކުގައި ފިއްލަވައިގެން އުޅުއްވާ އެހެން ކުށްވެރިންނެކޭ އެއްފަދައިން ޤާނޫނީ އެންމެހައި ފިޔަވަޅުތައް އޭނާއާ ދެކޮޅަށް އަޅާނެ ކަމަށެވެ.
ޣައިރު ޙާޟިރުގައި އެ ޤައުމުގެ ކޯޓަކުން މަރުގެ ޙުކުމް އިއްވާފައިވާ ޝެއިޚް ޙަސީނާ، އަނބުރާ ޤައުމަށް ވަޑައިގަތުމަށް ބޭނުންވާ ޓްރެވަލް ޑޮކިއުމެންޓްސް ހޯއްދެވުމަށް ނިއު ދިއްލީގައި ހުންނަ ބަންގްލަދޭޝްގެ ހައިކޮމިޝަނަށް އެކަމަނާގެ ޤާނޫނީ ޓީމު މެދުވެރިކޮށް ދެ ފަހަރެއްގެ މަތިން ހުށަހެޅުއްވި ނަމަވެސް، މި މައްސަލައިގައި ޤާނޫނީ އަދި ސިޔާސީ ބޮޑެތި ހުރަސްތަކެއް ވަނީ ކުރިމަތިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު