މިއީ އޭއައި އިން ހަދާފައުވާ ފޮޓޯއެއް
މިއީ އޭއައި އިން ހަދާފައުވާ ފޮޓޯއެއް
އިމްތިޙާނުތަކުގެ ކަރުދާސްތައް ލީކުކުރާ ފަރާތްތަކަށް 7 އަހަރާއި 10 އަހަރާ ދެމެދުގެ ޖަލު ޙުކުމެއް ކަނޑައެޅުމަށާއި، މަދުވެގެން 10 ކްރޯޑް ރުޕީސްއިން ޖޫރިމަނާކުރުމުގެ އިތުރުން، އެފަދަ ފަރާތްތަކުގެ މުދާ ދައުލަތަށް ނެގުމަށް އިންޑިއާގެ މަހާރާޝްޓްރާ ސްޓޭޓް ކޮމިޓީއަކުން ލަފާއަރުވައިފިއެވެ.

މި ލަފާ އަރުވާފައިވަނީ އައި.އޭ.އެސް އޮފިސަރު ވީ. ރާދާ އިސްވެ ހުންނެވި ކޮމިޓީއަކުންނެވެ.

މީގެ އިތުރުން، މިފަދަ މައްސަލަތައް އަވަހަށް ބެލުމަށް ޚާއްޞަ ކޯޓުތަކެއް ޤާއިމުކުރުމަށާއި، ކަރުދާސް ލީކުވާ މައްސަލަތައް ތަޙުޤީޤުކުރުމަށް ޚާއްޞަ ޓާސްކް ފޯހެއް އެކުލަވައިލުމަށްވެސް މި ރިޕޯޓުގައި ހުށަހަޅާފައިވެއެވެ.

އަދި އިމްތިޙާނު ހަދާ ދަރިވަރުންގެ ޙައްޤުގައި، އެމް.ޕީ.އެސް.ސީ އިމްތިޙާނު ހަދާ ކެންޑިޑޭޓުން ދައްކާ ފީ އެއްކޮށް އަނބުރާ ދެއްކުމަށާއި، ވަޒީފާތަކަށް މީހުން ހޮވުމަށް ބާއްވާ އިމްތިޙާނުތަކުގައި ބައިވެރިވެވޭ އުމުރުފުރާ އެއް އަހަރަށް އިތުރުކޮށްދިނުމަށްވެސް ވަނީ ލަފާދީފައެވެ.

މި ކޮމިޓީ އެކުލަވައިލެވުނީ އިމްތިޙާނުތަކުގައި މަކަރުހަދާ ކަމަށް ބުނެ ގިނަ ބަޔަކު އަޑުއުފުލައި، ކެންޑިޑޭޓުން އިޙްތިޖާޖުކުރުމާ ގުޅިގެން މިދިޔަ ސެޕްޓެމްބަރު މަހުގެ 4 ވަނަ ދުވަހުއެވެ. މަހާރާޝްޓްރާގެ ޗީފް މިނިސްޓަރު ދޭވެންދްރާ ފަޑްނަވިސް ވިދާޅުވީ، ކުރިއަށް އޮތް ފިނި މޫސުމުގެ މަޖިލިސް ދައުރުގެ ތެރޭގައި މި ޤާނޫނު ފާސްކުރުމަށް ސަރުކާރުން މަސައްކަތްކުރާނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު